ނީލަން
ނަންބަރު: (IUL)278/278/2025/40
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 04 އޮކްޓޫބަރު 2025 16:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ރަށްވަށާމަގާއި، އައުޓްޑޯ ޖިމް އަދި އިވެންޓް އޭރިއާއިން ނަގާފައިވާ ރުއްތައް ނީލަންކިއުން

މިރަށު ރިންގް ރޯޑާއި، އައުޓް ޑޯ ޖިމް އަދި އިވެންޓް އޭރިއާ ހިމެނޭ ސަރަހައްދުން ނަގާފައިވާ ރުއްތައް ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަންކިޔުން އޮންނާނީ 4 އޮކްޓޯބަރު 2025 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައެވެ. ނީލަން ކިއުމަށް ފަށާނީ އިވެންޓް އޭރިއާ ސަރަހައްދުންނެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށްވެސް ދެންނެވީމެވެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން މިދަންނަވާ މުއްދަތުގައި ( 01 އޮކްޓޯބަރު 2025 އިން 02 އޮކްޓޯބަރު 2025 އަށް މި 02  ދުވަހުގެ ) 9:00 އިން 14:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގަތުމުން އިތުރު ތަފުޞީލު ދެވޭނެއެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ހާޟިރުގައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 05  ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންގޮސް ނިންމަންވާނެއެވެ.  

ވީމާ ނީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 04 އޮކްޓޯބަރު 2025 ވާ ހޮނިހިރު ދުވަހުގެ 16:00 އަށް އިވެންޓް އޭރިއާއަށް ދުރުވުމުން ނީލަމުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

01 އޮކްޓޫބަރު 2025