މަސައްކަތް
ނަންބަރު: (IUL)GS-81/2015/47
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 28 އޮކްޓޫބަރު 2015 10:00
ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމާބެހޭ

2016 ވަނަ އަހަރު، މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމާބެހޭ

2016 ޖަނަވަރީ 01 ން 2016 ޑިސެންބަރު 31 އަށް މި މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ދެންނެވިފައިވާ ގަޑިއަށް ހާޒިރުވެނުލައްވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮށްދެވޭކަށް ނޯންނާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި މަޢުލޫމާތު ސާފުނުކުރައްވާ ބޭފުޅުންގެ އަންދާސީހިސާބުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

  • އަންދާސީހިސާބު އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:

#

ޕޮއިންޓް ދިނުމުގައި ބެލެވޭނެ ކަންތައް

ޕޮއިންޓް

1

މަސައްކަތުގެ އަގަށް

75

2

ބޭނުންކުރާ މުވައްޒަފުންގެ އަދަދަށް

15

3

ކްލަބް، ޖަމްޢިއްޔާ، ކުންފުނިތަކަށް

05

4

މަސައްކަތުގެ ތަޖުރިބާއަށް

10

 

ޖުމްލަ: (އެއްސަތޭކަ)

100

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ސެކިޔުރިޓީ ބަލަހައްޓައިދިނުމުގެ ޚިދުމަތް ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ، ރަސްމީގަޑީގައި މި މަދަރުސާގެ ނަންބަރު 6500538 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 މުޙައްރަމް 1437

19 އޮކްޓޫބަރު 2015