ބީލަން
ނަންބަރު: (IUL)231-AH/231/2025/44
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި:
09 އޮކްޓޫބަރު 2025 13:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ ރަސްމީ ޓީ-ޝާރޓް އަދި ޖާރޒީ ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއްޖެ (ދެވަނަ އިޢުލާން)
ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ އިދާރާއިން ދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް ރަސްމީ ޓީ-ޝާރޓް އަދި ޖާރޒީ ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ، މި މަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވައިލަމެވެ.
މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި، ބީލަމާއި ގުޅުންހުރި މުޙިއްމު މަޢުލޫމާތު އަދި ސްޕެސިފިކޭޝަން މިއިޢުލާނާއި އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާފަރާތުގެ ޒިންމާއެކެވެ. މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައިވާ ގޮތަށެވެ.
- މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 09 އޮކްޓޯބަރ 2025 ދުވަހުގެ 11:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ފޯމްގެ ލިންކު: https://forms.office.com/r/DV9JfCmVzC
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 09 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމުގެ ނަމާއި، އިޢުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި، ގުޅޭނެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ކައުންސިލްގެ ނަންބަރަށް (6620102 / 7288813 / 7610168) ގުޅުއްވައިގެން ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
30 ސެޕްޓެންބަރު 2025