ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AD/426/2025/551
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 02 އޮކްޓޫބަރު 2025 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2025 ގައި ބައިވެރިވާނެ ފަރާތްތައް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AD/426/2025/538 އިޢުލާނުގެ މުއްދަތު އިތުރު ކުރުމާ ގުޅޭ

އިޢުލާން

އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2025 ގައި ބައިވެރިވާނެ ފަރާތްތައް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)426-AD/426/2025/538 އިޢުލާނުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ

        "އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2025" ގެ ނަމުގައި އޮކްޓޯބަރު 16 ގައި އައްޑޫ ހިތަދު ޔޫތް ސެންޓަރުގެ ބެޑްމިންޓަން އެރީނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވާނެ ފަރާތްތައް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)426-AD/426/2025/538 ޢިއުލާނާއި ގުޅިގެން މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ އިތުރު ފާރަތްތަކަށް ފުރުސަތު ދިނުމަށް ބޭނުންވެއެވެ.

        ވީމާ، މި މުބާރާތުގެ އޮޕެންސް އިވެންޓް އަދި ޓީމް އިވެންޓަށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު 2025 އޮކްޓޯބަރު 02 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް މުއްދަތު އިތުރު ކުރެވިފައިވާ ކަމުގައި އާންމުކޮށް އިޢުލާން ކުރީމެވެ.

        އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި އިދާރާގެ ސޯޝަލް އެފެއާސްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުން އެދެމެވެ.

08 ރަބީޢުލްއާޚިރާތް 1447

30 ސެޕްޓެމްބަރު 2025

30 ސެޕްޓެންބަރު 2025