މަސައްކަތް
ނަންބަރު: (IUL)CHSE-SMT/1/2025/42
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 08 އޮކްޓޫބަރު 2025 13:00
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ހޯލްގަ ލެޑް ހަރުކުރުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

    މިސެންޓަރުން ދޭ އިރުޝާދާ އެއްގޮތަށް އަމިއްލަ ތަކެތީގައި ހޯލްގަ ލެޑް ހަރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 08 އޮކްޓޫބަރ 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން[email protected]  އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ދުވަހު ހެނދުނު 11:00 ގައި މި ސެންޓަރުގެ (ހުޅުމާލެ ސީ އެޗް އެސް އީ ، ކުރިކީލަ މަގު) ގައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 09 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގެ ކުރިން   [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

30 ސެޕްޓެންބަރު 2025