ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2025/24
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 20 އޮކްޓޫބަރު 2025 18:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ޕްރިޒަން އޮފިސަރ ޓްރޭނީ

                       ` 

                                

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް              

   މާލެ، ދިވެހިރާއްޖެ                       

 

                         އިޢުލާން

ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފުން ހަމަޖެއްސުމަށް އިޢުލާން ކުރަމެވެ.

މަޤާމް:

ޕްރިޒަން އޮފިސަރ ޓްރޭނީ

މަޤާމުގެ ޤިންތި:

ދާއިމީ

މުސާރައިގެ ރޭންކް:

ޓްރޭނީ

މަޤާމުގެ ކްލެސިފިކޭޝަން:

ޕްރިޒަން އޮފިސަރ ޓްރޭނީ

މުސާރަ:

-/6,050  ރުފިޔާ

ސަރވިސް އެލަވަންސް:

-/3,500      ރުފިޔާ (ހުވައި ކުރުމަށް ފަހު)

ނޮން ޕްރެކްޓިސް:

އަސާސީ މުސާރައިގެ %45 އިންސައްތަ (ހުވައި ކުރުމަށް ފަހު)

ލިވިންގ އެލަވަންސް:

-/2,500      ރުފިޔާ (ހުވައި ކުރުމަށް ފަހު)

ޔުނީފޯމް އެލަވަންސް:

-/300       ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:  

ފިރިހެން ޤައިދީންނާއި ބަންދުމީހުން ބަންދުކޮށްފައިތިބޭ ޖަލުތަށް.

ފެންވަރު ނުވަތަ ޝަރުތު:                 

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. ދިވެހި ރައްޔިތެއްކަމުގައިވުން.
  2. ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން.
  3. ޢުމުރު 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  4. ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.
  1. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގައިވާ ގޮތަށް  ޖަލުތަކުގައި މަސައްކަތްކުރުން.

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށް ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުން.
  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ކުރެވޭ އިންޓަރވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމް

(މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ރޭޑިއޯ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ނަކަލު.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާއެއްގޮތްކަމުގެ ތައްގަޑު ޖަހާފައިވާ ނަކަލު.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީ
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
  • ޕޮލިސް ރިޕޯޓް

 

ސުންގަޑި:

 

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު  2025 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް [email protected]އަށް އީމެއިލް އަށް ފޮނުއްވުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއާއި ފިޒިކަލް ޓެސްޓަށް ގުޅާނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކަށް ފޯމް ހުށައަޅާތާ ރަސްމީ 07 ދުވަހުގެ ތެރޭގައި އެކަން މެއިލްއިން އެންގޭނެއެވެ.

 

އިތުރު މަޢުލޫމާތު

  • ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ނެގުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލާއި އަދި އަލަށް ނަގާ އޮފިސަރުންގެ ފިޒިކަލް ފިޓްނަސް މިންގަނޑު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށާއި އީމެއިލް ލިބުނުކަން ކަށަވަރު ކުރުމަށް ގުޅާނީ، 3026114 ނަންބަރު ފޯނަށް، ނުވަތަ މެސެޖް ކުރާނީ 9112451 ވައިބާ ނަންބަރައްށެވެ.

ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

 

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރު ޖަހާފައިވާ ޕީޑީއެފް އެއްފައިލްަގައެވެ. އަދި މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުތޯ ޔަޤީންކުރަންވާނެއެވެ.)

 

 

30 ސެޕްޓެންބަރު 2025