ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045 – އެންމެންނަށް ފާގަތިކަން" އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ފަރާތުން ވަނީ ފަށާފައެވެ. މި ޕްލޭން އެކުލަވާލުމުގައި ސަރުކާރާއި ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގެ އިތުރުން ޢާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، 2025 ސެޕްޓެމްބަރ 30 ވާ އަންގާރަ ދުވަހުގެ ރޭ 20:15 ގައި ހޯނޑެއްދޫ ސުކޫލް ހޯލުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްވަރާ ބައްދަލުވުން ބޭއްވުމުގެ މަޤްޞަދަކީ މުޖުތަމަޢުގެ އެކި ދާއިރާތަކުން މީހުން އެއްތަނަކަށް ޖަމާކޮށް، ޤައުމީ ކުރިއެރުމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރުމެވެ. މީގެ ތެރޭގައި ކައުންސިލް މެންބަރުންނާއި، ސަރުކާރުގެ އެކި ދާއިރާތަކުގެ އިސްވެރިންނާއި، އާންމު ޚިދުމަތްދޭ ފަރާތްތަކާއި، ހުނަރުވެރިންނާއި، އުފެއްދުންތެރިންނާއި، ވިޔަފާރިވެރިންނާއި، މަދަނީ ޖަމްޢިއްޔާތަކާއި އަދި ރަށުގެ ރައްޔިތުން ހިމެނެއެވެ. މި ބައްދަލުވުމުގެ އަމާޒަކީ ދުރު މުސްތަޤުބަލަށް އަމާޒުކޮށް، ތަރައްޤީގެ ތަޞައްވުރެއް އެކުލަވާލުމުގައި މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ ބައިވެރިވުން ހޯދުމެވެ.
ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން، ޤައުމީ ތަރައްޤީގެ ދިގު ރާސްތާ ޕްލޭން އެކުލަވާލުމުގައި ތިޔަ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ދެއްވުމަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.