ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)321-A/321/2025/228
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 06 އޮކްޓޫބަރު 2025 14:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުން

އިޢުލާނު

އެގްޒަމިނަރުން ހޯދުން

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް، މި ރަށުން ދޫކުރުމަށްޓަކައި، ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން  ބޭނުންވެއްޖެއެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމަށް ބާއްވާ ޢަމަލީ ޓެސްޓް އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި، މި އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ، އެހެން ވަޒީފާއެއް އަދާކުރަމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެ ޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

އަންހެން އެގްޒަމިނަރުން

ބޭނުންވާ ޢަދަދު:

02

ޝަރުތު:

ދަށްވެގެން A0, A1 ގިންތީގެ ލައިސަންސް އޮތުން

* ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ގަވާއިދާ ހިލާފު ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީކުށެއް ކޮށްފައިވާ މީހަކުކަމުގައި ނުވުން

* ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 03 (ތިނެއް) އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް އޮތުން

* ޢުމުރުން 55 އަހަރުވެފައިވާ މީހަކުކަމުގައި ނުވުން

* މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގައި ވަޒީފާއަދާކުރާ މީހަކުކަމުގައި ނުވުން

* ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހަކު ކަމުގައި ނުވުމާއި ވޭތުވެދިޔަ 01 އަހަރު ދުވަހުގެތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތް ކޮށްފައި ނުވުން

އުޖޫރަ:

* ޓެސްޓް ކުރާ ކޮންމެ A0, A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ

* އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ

ފިރިހެން އެގްޒަމިނަރުން

ބޭނުންވާ ޢަދަދު:

02

ޝަރުތު:

A0, A1, B1, B2, C1, C2, C3, C4 މިއިން ގިންތިއެއްގެ ނުވަތަ ގިންތިތަކުގެ ލައިސަންސް އޮތުން

* ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީކުށެއް ކޮށްފައިވާ މީހަކުކަމުގައި ނުވުން

* އެގްޒެމިން ކުރާ ގިންތީގެ ލައިސަންސް ލިބިފައިވާތާ މަދުވެގެން 1 އަހަރުވުން

* ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯރމް

* ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 05 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން

* ޢުމުރުން 55 އަހަރުވެފައިވާ މީހަކުކަމުގައި ނުވުމާއި ރަގަޅު ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން

* މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގައި ވަޒީފާއަދާކުރާ މީހަކުކަމުގައި ނުވުން

* ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހަކު ކަމުގައި ނުވުމާއި ވޭތުވެދިޔަ 01 އަހަރު ދުވަހުގެތެރޭގައި ޑްރައިވިންގ ސްކޫލެއއްގައި މަސައްކަތް ކޮށްފައި ނުވުން

އުޖޫރަ:

* ޓެސްޓް ކުރާ ކޮންމެ A0, A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ

* އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ

 

 

 

 

 

 

 

 

 

 

 

 

 

 

 

  • އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 އޮކްޓޫބަރު 06 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، އެގްޒަމިނަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު، ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެގްޒެމިނަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް މި އިއުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

29 ސެޕްޓެންބަރު 2025