މަސައްކަތް
ނަންބަރު: (IUL)138-AS6/1/2015/311
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 27 އޮކްޓޫބަރު 2015 10:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުމާބެހޭ

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް އޮފީސް ޢިމާރާތު ސެކިއުރިޓީ ބެލެހެއްޓުމާބެހޭ:

އައްޑޫ ސިޓީގެ ހިތަދޫގައި ޤާއިމުކޮށްފައިވާ މި މިނިސްޓްރީގެ ޑިޕާޓްމެންޓެއްކަމަށްވާ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް އޮފީސް ޢިމާރާތު ސެކިއުރިޓީ 1 އަހަރު ދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)138-AS6/1/2015/298) އިޢުލާނާ ގުޅިގެން މަޢުލޫމާތަށް ބަދަލު އައިސްފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.    

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސ.ހިތަދޫގައި ހުންނަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 ނޮވެންބަރު 2015 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސ.ހިތަދޫގައި ހުންނަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 / 5007-688 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

07 މުޙައްރަމް 1437

20 އޮކްޓޫބަރު 2015