އިންޝުއަރެންސް
ނަންބަރު: 113-PRC/I-2015/117
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:14
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕާސަނަލް އެކްސިޑެންޓް އިންޝުއަރެންސް ޚިދުމަތް ފޯރުކޮއްދޭނެ ފަރާތެއް ހޯދުން
މިކުންފުނީގެ މުވައްޒަފުންނަށް ޕާސަނަލް އެކްސިޑެންޓް އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.
ވީމާ، މި ޚިދުމަތް ފޯރުކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފު ކުރެއްވުން |
އަންދާސީހިސާބު ހުށަހެޅުއްވުން |
25 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 |
28 އޮކްޓޫބަރު 2015 ވާ ބުދަ ދުވަހުގެ 11:00 |
މަޢުލޫމާތު ސާފުކުރެވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.
9 މުޙައްރަމް 1437
22 އޮކްޓޫބަރު 2015