ދިވެހިރާއްޖެ
ގދ.މަޑަވެލި ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭ ބިމުގެ ސަރަޙައްދުން ގޯތި ދޫކުރުމުގެ އެކިއެކި މަރުޙަލާތައް ކުރިޔަށް ގެންދިއުމަށާއި، ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއި ޙައްޤުތައް ނުގެއްލޭގޮތް ކަށަވަރު ކުރުމަށް އެކުލަވާލުމަށް ހަމަޖެހިފައިވާ ވިލަރެސް ކޮމެޓީގައި ހިމެނުމަށް ރަށުގެ ރައްޔިތުންގެ ފަރާތުން 02 މެމްބަރުން ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއަކާއި ތަޢުލީމީ ސެޓްފިކެޓް ހުށަހަޅަންވާނެއެވެ. އަދި އީމެއިލް ކުރައްވާނަމަ މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަމްބަރު 6840006 ފޯނާއި ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވިލަރެސްކޮމެޓީގެ މެމްބަރުކަމަށް އެދޭމީހާގެ ޝަރުތުތައް:
- އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުން.
 - ގްރޭޑް 10 އެއް ނިންމާފައިވުން ނުވަތަ ދަށްވެގެން ލެވެލް 4ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.
 - މަޑަވެލީގައި ދިރިއުޅޭ މަޑަވެލި ރަށްވެއްސަކަށްވުން.
 
އަދި ދަންނަވަމެވެ. ކޮމެޓީގައި ބައިވެރިވެލެއްވުމަށް ކަނޑައެޅިފައިވާ ޢަދަދަށްވުރެ އިތުރަށް ކުރިމަތި ލައްވައިފިނަމަ ކޮމެޓީއަށް އައްޔަންކުރާ މެމްބަރުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.