އިޢުލާނު
|
މަޤާމު:
|
ސީނިއަރ ލީގަލް ކައުންސެލް
|
މަޤާމުގެ ނަންބަރު:
|
J-417528
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
ސީއެސް 15
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ލީގަލް ސަރވިސަސް ޑައިރެކްޓަރސް
|
ސެކްޝަން/ ޔުނީޓް
|
ލީގަލް އެފެއާޒް ޑިވިޜަން
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ
|
އެހެނިހެން އެލަވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާޢިދުތަކާއި އުޞޫލުތައް އެކުލަވާލުމާއި އަދި އެގަވާއިދުތަކާއި އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް އެޖެންސީގެ އިސްވެރިންގެ ލަފައާއި އިރުޝާދުގެ ދަށުން ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
- އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމާއި އަދި އެގަވާއިދުތަކާއި އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް އެޖެންސީގެ އިސްވެރިންގެ ލަފައާއި އިރުޝާދުގެ ދަށުން ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
- އެޖެންސީ އިން ކުރިއަށް ގެންދާ އެހެނިހެން އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ގަވާއިދު އަދި އުސޫލުތައް އެކުލަވާލުމާއި، މިގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް އެޖެންސީގެ އިސްވެރިންގެ ލަފައާއި އިރުޝާދުގެ ދަށުން ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
- ޤާނޫނީ ގޮތުން އޮފީހަށް ލާޒިމްކުރާ ކަންތައްތަކާއި ގުޅޭ ގޮތުން ތައްޔާރު ކުރަން ޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
- ކަމާއިގުޅުންހުރި އިދާރާތަކުން ފޮނުވާ އަމުރުތަކާއި، މަޢުލޫމާތު ހޯދުމަށް އެދި ފޮނުވާ ހުށަހެޅުންތަކާއި ގުޅިގެން ހޯދަންޖެހޭ ލިޔެކިޔުންތައް ހަމަކުރުމާއި، ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުހުލަތުގެ ތެރޭގައި ފޯރުކޮށްދޭކަން ކަށަވަރުކުރުން.
- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް، އެޖެންސީގެ އިސްވެރިންގެ މަޝްވަރާއާއި އެއްގޮތަށް ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
- މިއެޖެންސީއާއި ގުޅޭ މައްސަލަތަކުގެ ތެރެއިން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ އަމުރުތައް ތަންފީޒުކުރުމަށް ބޭނުންވާ މަސައްކަތް ކުރާކަން އަދި އެމައްސަލަ ތަކުގެ ރެކޯޑު ބެލެހެއްޓުން ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
- ކޯޓު ނިންމުންތަކާއި ގުޅިގެން އިސްތިޢުނާފް ކުރަންޖެހިއްޖެ ޙާލަތެއްގައި އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
- މިއެޖެންސީއާއި ގުޅޭ މައްސަލަ ތަކުގައި، އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ނުވަތަ ޝަރުޢީ މަރުހަލާ ފެށުމުގެ ކުރިން ދެނެގަނެ، ކޯޓުން ބޭރުގައި އެކަމެއް ހައްލުކުރުމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
- މިއެޖެންސީއާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވާޢިދު ތަކާއި ޚިލާފްވާ ފަރާތްތަކާއި މެދު އެޤާނޫނު އަދި ޤަވާޢިދު ތަކުގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
- އޮފީހުގައި ހިންގާ ޕްރޮގްރާމްތަކާއި ގުޅޭގޮތުން ޤާނޫނީ ގޮތުން ޢާންމުންނަށް ދޭންޖެހޭ މަޢުލޫމާތު ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
- އެޖެންސީގެ މަސައްކަތްތަކާއި ގުޅޭ ޤާނޫނު، ގަވާއިދު އަދި އުސޫލުތަކާއި ގުޅޭ މަޢުލޫމާތު މުވައްޒަފުން، ސްޓޭކްހޯލްޑަރުން އަދި ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، މުވައްޒަފުންނާއި ގުޅޭ އިދާރީ ހިންގުމުގެ ގަވާއިދު އަދި އުސޫލުތަކާއި ގުޅޭ މަޢުލޫމާތު މުވައްޒަފުންނަށް ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
- އޮފީހުގެ މަސައްކަތްތަކާއި ހިންގުމުގެ ކަންކަން ކުރިއަށް ދަނީ ކަނޑައެޅިފައިވާ ޤާނޫނު، ގަވާއިދު އަދި އުސޫލުތަކާއި އެއްގޮތަށްކަން ކަށަވަރުކުރުމާއި، މިނޫން ގޮތަކަށް ފާހަގަކުރެވޭ ކަންކަމާއިމެދު އެޖެންސީގެ އިސްވެރިންގެ މަޝްވަރާއާއިއެކު ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
- އޮފީހުގެ އިދާރީ މަސައްކަތްތަކުގައާއި އަދި ހިންގުމުގެ މަސައްކަތުގައި ބޭނުންވާ އެއްބަސްވުންތަކާއި ގުޅިގެން ދޭންޖެހޭ ޤާނޫނީ ލަފާދިނުމާއި، އެފަދަ ތަކެތި ޑްރާފްޓްކޮށް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
- އޮފީހުގެ މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރެވޭ އެންމެހާ އެއްބަސްވުންތަކާ، ފަހުމުނާމާތައް ބެލެހެއްޓުމާއި، މަސައްކަތްތައް ކުރިއަށްދަނީ އެއްބަސްވުންތަކާ އެއްގޮތަށްކަން ކަށަވަރުކުރުމާއި، މިނޫން ގޮތަކަށް ފާހަގަކުރެވޭ ކަންކަމާއިމެދު އެޖެންސީގެ އިސްވެރިންގެ މަޝްވަރާއާއިއެކު ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
- އެޖެންސީން އެކުލަވާލާފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދޭ ދެބަސްވުންތަކާއި، ފާހަގަ ކުރެވޭ މައްސަލަތަކާއި ގުޅިގެން ހަދަންޖެހޭ ދިރާސާތައް ހެދުމާއި، ޤާނޫނީ ލަފާ ދިނުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުން ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
- އެޖެންސީން ފޯރުކޮށްދޭ އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީތަކާ ގުޅޭ ކޮމެޓީތަކުގެ މަސައްކަތްތައް ކުރުން. އަދި މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާ ގުޅޭގޮތުން އެކުލަވާލެވިފައިވާ ކޮމިޓީތަކުގެ މެންބަރެއްގެ ގޮތުގައި އައްޔަނުކުރެވިއްޖެނަމަ އެ މަސައްކަތްތައް ކުރުން.
- އެޖެންސީން ފޯރުކޮށްދޭ އެހީތަކާއި އެޖެންސީގެ މައިގަނޑު މަސައްކަތާއި ގުޅޭގޮތުން، އަދި އޮފީހުގެ އިދާރީ މަސައްކަތްތަކުގައާއި ހިންގުމުގެ މަސައްކަތުގައި ދިމާވާ ކަމާއި ގުޅިގެން ދޭންޖެހޭ ޤާނޫނީ ލަފާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
- ލީގަލް ސެކްޝަނަށް ހުށަހެޅޭ ލިޔެކިޔުންތަކާއި އެތަކެއްޗާއި ގުޅޭ ލިޔެކިޔުންތައް، އަދި ލީގަލް ސެކްޝަނުން "ފައިނަލް ޑްރާފްޓް" ގެ ގޮތުގައި ތައްޔާރުކުރާ އެންމެހާ ލިޔެކިޔުންތަކުގެ ކޮޕީތައް ފައިލްކޮށް ރައްކާކުރެވެނީ ރަނގަޅަށްތޯ ކަށަވަރުކޮށް، އެފަދަ ނިޒާމެއް ގާއިމުކުރުން.
- އެޖެންސީން ހިންގާ ޕްރޮގްރާމްތަކުގެ ދަށުން އެހީ ލިބޭ/ލިބުނު ފަރާތްތަކަށް ތަފާތު އެކި ސަބަބުތަކާއި ހުރެ އިތުރަށް ދެވިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާނެ ނިޒާމެއް ޤާއިމުކުރުން.
- އެކި ސަބަބުތަކާއި ހުރެ އިތުރަށް ދެވިފައިވާ ފައިސާ އަނބުރާ ހޯދުމަށްޓަކައި ބޭނުންވާ ޤާނޫނީ އެހީތެރިކަން/ލަފާ ދިނުމާއި، މިފަރާތްތަކުގެ ތެރެއިން ޝަރީއަތް މެދުވެރިކޮށް ފައިސާ ހޯދަންޖެހޭ ފަރާތްތަކުން ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ބަންޑާރަ ނައިބުގެ އޮފީހާއި ގުޅިގެން ކުރިއަށް ގެންދާކަން ކަށަވަރުކުރުން.
- އެޖެންސީގެ މައިގަނޑު މަސައްކަތްތަކާއި ގުޅޭ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ބޭނުންޖެހިއްޖެ ހާލަތެއްގައި ކަމާއިގުޅުންހުރި ސްޓޭކްހޯލްޑަރުންނާއި އެކު ބައްދަލުވުންތައް ބޭއްވުމަށް ވިލަރެސްކުރުން .
- ސެކްޝަނުން ކުރާ މަސައްކަތްތަކުގެ ތަފްސީލު އަދި ތަފާސް ހިސާބު ގަވާއިދުން އަދާހަމަކުރާކަން އަދި ރަނގަޅަށް ބަލަހައްޓާކަން ކަށަވަރުކުރުން.
- ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތަކާއި މުވައްޒަފުން ސުޕަވައިޒުކޮށް މުވައްޒަފުންގެ އެޕްރެއިޒަލް ފޯމުތައް ތައްޔާރުކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމުގެ ނަން
|
މަޤާމުގެ ކްލެސިފިކޭޝަން
|
މަޤާމުގެ ރޭންކު
|
އަސާސީ ޝަރުޠު
|
އަސާސީ މުސާރަ
|
ސަރވިސް އެލަވަންސް
|
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
ސީނިއަރ ލީގަލް ކައުންސެލް
|
ލީގަލް ސަރވިސް ޑިރެކްޓަރސް
|
CS15
|
- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ލީގަލް ދާއިރާގެ އޮނިގަނޑުގެ ސީ.އެސް-13 ގްރޭޑްގެ މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް މަސައްތަކުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %85 އިން މަތިން މާކްސް ހޯދާފައިވުން.
|
-/18،140
|
-/.6،750
|
-/6،349
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް
ލޯ
ޝަރީޢާ އެންޑް ލޯ
ޕްރިފަރޑް ޑިސިޕްލިން ތައް
ނެތް
ކޯ ޑިސިޕްލިން ތައް
ނެތް
|
މ މަޤާމުގެ މަސައްކަތުގެ ދާއިރާތައް
ލޯ
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
އަސާސީ ޝަރުތު ހަމަވުން
|
30
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
ޕްރެކްޓިކަލްސް
|
30
|
ޕްރެޒެންޓޭޝަން އަދި އިންޓަރވިއު
|
ޕްރެޒެންޓޭޝަން
|
10
|
30
|
އިންޓަވިއު
|
20
|
ނޯޓް: މަޤާމަށް އައްޔަންކުރެވެނީ، އަންނަނިވި 2 މިންގަޑު ފުރިހަމަވާ ފަރާތެކެވެ.
1. "ފްރެކްޓިކަލްސް" އާއި "ފްރެޒެންޓޭޝަން އަދި އިންޓަރވިއު" މިއިން ކޮންމެ ބަޔަކަށް މަދުވެގެން 15 (ފަނަރަ) ޕޮއިންޓް ލިބުން؛ އަދި
2. މަޤާމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހައި ބަޔަކުން ޖުމުލަ 60 (ފަސްދޮޅަސް) ޕޮއިންޓް ލިބުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އޮކްޓޫބަރު 02 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ. އުތުރުވެހި، 6 ވަނަ ފަންގިފިލާ، ކެނެރީ މަގު) ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް، 2025 އޮކްޓޫބަރު 05 އާއި 2025 ނޮވެންބަރު 06 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭ)،ކ.މާލެ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ލީގަލް އޮފިސަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/40) އިން ލިބެން ހުންނާނެއެވެ.
|