ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD-IU-2025-0490
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 17:23
ސުންގަޑި: 29 ސެޕްޓެންބަރު 2025 17:30
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

  ނަންބަރ: MTCC-HRD/IU/2025/0490

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

         މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފަކު ބޭނުންވެއެވެ.

އެސިސްޓެންޓް ކްލީނިން ސުޕަވައިޒަރ

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކޯޕަރޭޓް ބިއުރޯ އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޜަން – އެމްޓީސީސީ ޓަވަރ

އަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 11،400 ރުފިޔާ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 5 ދުވަހު ޑިއުޓީ ޝެޑިއުލާއި އެއްގޮތަށް

ޝަރުޠު

  • 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ސީނިއަރ ސައިޓް ސުޕަވައިޒަރ

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގް ޑިވިޜަން – ކުންފުނިން ކަނޑައަޅައި ސައިޓެއްގައި

އަދަދު

02

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 14،700ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑި އިރު

ޝަރުޠު

  • ސުޕަވައިޒަ ފެންވަރުގެ މަގާމެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2025 ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 17:30 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން  2025 ސެޕްޓެމްބަރ 30 އިން 2025 އޮކްޓޯބަރ 20 އާ ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
28 ސެޕްޓެންބަރު 2025