ބީލަން
ނަންބަރު: (IUL)160-CS/1/2025/166
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 08 އޮކްޓޫބަރު 2025 10:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒަށް ލާރނިންގ މެނޭޖްމަންޓް ސިސްޓަމް ޑިވެލޮޕް ކުރުމަށް ފުރުޞަތު ހުޅުވާލުމަށް

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒަށް  ލާރނިންގ މެނޭޖްމަންޓް ސިސްޓަމް ޑިވެލޮޕް ކުރުމަށް ފުރުޞަތު ހުޅުވާލުމަށް ކުރި ނަމްބަރު (IUL)160-CS/1/2025/147 އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލުން.

 

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ލާރނިންގ މެނޭޖްމަންޓް ސިސްޓަމް ޑިވެލޮޕް ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 އޮކްޓޫބަރު 01 ވާ ބުދަ ދުވަހުގެ 10:00 އަށް މައުލޫމާތު ސާފުކުރުމަށް މި މަރްކަޒަށް ވަޑައިގަތުމަށް ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށައެޅުމާއި ހުޅުވުން އޮންނާނީ 2025 އޮކްޓޫބަރު 08 ވާ ބުދަ ދުވަހުގެ 10:00 ގައި މަރުކަޒުގެ އިދާރާގައި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބިޑް މީޓިންގ ގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއް ގައެވެ. ސިޓީއުރައިގެ ބޭރުގައި "ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ލާރނިންގ މެނޭޖްމަންޓް ސިސްޓަމް ޑިވެލޮޕް ކުރުމަށް" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި މަރުކަޒުގެ 3019340/3019300 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ބީލަމާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް

ޕްރޮކިޔުމަންޓް ސެކްޝަން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު

ފޯން: 3019340/3019300

އީ-މެއިލް: [email protected]

28 ސެޕްޓެންބަރު 2025