މަސައްކަތް
ނަންބަރު: GS101/IUL/2015/11
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 27 އޮކްޓޫބަރު 2015 13:00
ނަރުދޫ ސްކޫލް
ދިވެހިރާއްޖެ
ކްލާސްރޫމެއް އިމާރާތްކުރުމާބެހޭ

މި ސްކޫލުގައި އަލަށް ކްލާސްރޫމެއް އިމާރާތްކުރުމާބެހޭ

މި ސްކޫލުން އަންގާގޮތެއްގެމަތިން މި ސްކޫލުގެ ގޯތިތެރޭގައި އިތުރު ކްލާސްރޫމެއް އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލުގެ އޮފީހަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތަށް އެދި" މިހެން ލިޔުއްވާފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުމުގެ ބައްދަލުވުން

27 އޮކްޓޫބަރު 2015  13:00

04 ނޮވެންބަރު 2015  11:00

ކުންފުނި، އިންވެސްޓްމެންޓް އަދި ވިޔަފާރިފަދަ ތަނަކުން (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ)، މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ ބޭފުޅަކުވެސް، އެ ބޭފުޅެއްގެ މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރު 6540577 ފޯނަށް ގުޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކޮށްފައިވާ މަސައްކަތް ކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެކެވެ.

1. މަސައްކަތުގެ އަގު ( 80 އިންސައްތަ )

2. މަސައްކަތް ނިންމާނެ މުއްދަތު ( 10 އިންސައްތަ )

3. މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް ( 5 އިންސައްތަ )

4. މިފަދަ މަސައްކަތުގެ ތަޖުރިބާ ( 5 އިންސައްތަ )

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 އޮކްޓޫބަރު 2015