މަސައްކަތް
ނަންބަރު: GS-168/IUL/2015/19
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 09:04
ސުންގަޑި: 26 އޮކްޓޫބަރު 2015 13:00
ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން

ކޮންޓްރެކްޓް އުސޫލުން 2016ވަނަ އަހަރު މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިކަމަށް އެދި ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިކަން ކުރެއްވުމަށް ހުށަހެޅުއްވޭނީ މިކަމާ ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް ހާޒިރުވެލައްވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުން:

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 26 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 13:00ގައި މި ސުކޫލުގައެވެ.

އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

މި މަސައްކަތް ކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 02 ނޮވެންބަރު 2015ވާ ހޯމަ ދުވަހުގެ 13:00ގައި މި ސުކޫލުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ކޮންޓްރެކްޓް އުސޫލުން ސެކިއުރިޓީ ބެލެހެއްޓުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނުކުރަމެވެ.

19 އޮކްޓޫބަރު 2015