ޢާންމު މަޢުލޫމާތު
ނަންބަރު: 220-TP/CIR/2015/14
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 09:02
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ސަރކިއުލަރ

ލިބެންވީ: ޓޫރިސްޓް ރިޒޯޓު، ހޮޓާ އަދި އުޅަނދުތައް ހިންގާ ފަރާތްތަކާއި ބޭރުގެ ޓޫރިސްޓް އުޅަނދުތަކުގެ ލޯކަލް އޭޖެންޓުން

މައުޟޫއު:  ގްރީން ޓެކްސް

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުން    1 ނޮވެންބަރު 2015 އިން ފެށިގެން އެ ތަނެއްގައި ތިބޭ ޓޫރިސްޓުންގެ އަތުން ކޮންމެ ދުވަހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަންޖެހޭނެއެވެ. 

ގްރީން ޓެކްސް ނެގޭނެ އުސޫލުތަކާއި ހަމަތައް ގްރީން ޓެކްސް ގަވާއިދުގައި ކަނޑައަޅާފައިވާނެއެވެ. މި ގަވާއިދު މީރާގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ.

ވީމާ، ތިޔަ ފަރާތްތަކުން 1 ނޮވެންބަރު 2015 އިން ފެށިގެން ގްރީން ޓެކްސް ނަގަން ފަށައި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި ގްރީން ޓެކްސް ގަވާއިދުގައިވާ ގޮތުގެ މަތިން މީރާއަށް އެ ޓެކްސް ދައްކަންޖެހޭނެއެވެ.

ގްރީން ޓެކުހަށް ހޭލުންތެރިކުރުމުގެ ގޮތުން ގްރީން ޓެކްސް އެވެއަރނެސް ސެޝަންތަކެއް މީރާއިން ވަނީ ހިންގަން ފަށާފައެވެ. މި ސެޝަންތަކަށް މީރާގެ ވެބްސައިޓު (http://www.mira.gov.mv/Training.aspx) މެދުވެރިކޮށް ރަޖިސްޓަރީކުރެވޭނެއެވެ. އަދި ތިޔަ ފަރާތްތަކުން ހިންގަވާ އެސްޓެބްލިޝްމަންޓްތަކަށް އަޅުގަނޑުމެން ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށް އެދިވަޑައިގަންނަވާނަމަ އެ ކަން އަންގަވައިދެއްވުން އެދެމެވެ. 

އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

15 އޮކްޓޫބަރު 2015