ބީލަން
ނަންބަރު: (IUL)491-CDS3/491/2025/125
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި:
07 އޮކްޓޫބަރު 2025 10:00
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ވުޒާރާއަށް ބޭނުންވާ ވޭން ސަޕްލައި ކޮށްދިނުމާއިގުޅޭ
މި ވުޒާރާއަށް ބޭނުންވާ ވޭން ސަޕްލައި ކޮށްދިނުމާއިގުޅޭ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ވުޒާރާއަށް ބޭނުންވާ ވޭން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު (IUL)491-CDS3/491/2025/114އަށް އެކަށީގެންވާ ތަރުހީބް ލިބިފައި ނުވާތީއާއި އަދި ސްކޯޕްއަށް ބަދަލުގެނެވިފައިވާތީ އަލުން އިއުލާން ކުރަމެވެ. ވީމާ، މި ވޭން ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލަމެވެ.
- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 02 އޮކްޓޫބަރު 2025ވާ ބުރާސްފަތި ދުވަހުގެ މެންދުރު1200ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
- ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 07 އޮކްޓޫބަރު 2025ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ
- އަމީނީ މަގު، މާފަންނު
- ކ.މާލެ، 20392
- އީމެއިލް: [email protected]
28 ސެޕްޓެންބަރު 2025