ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2015/329
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 08:28
ސުންގަޑި: 01 ނޮވެންބަރު 2015 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސަރވިސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ، ތިރިގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ސަރވިސް އެސިސްޓެންޓް  (ގްރޭޑް 1)

އަދަދު: 5 (ފަހެއް)

މުސާރަ: މަހަކު -/3،240 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު ދުވަސް)

މަސައްކަތް ކުރަންޖެހޭ ތަން: އެސް. ޓީ. އޯ. ސަރވިސް ސެންޓަރ

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: 2000.00 ރުފިޔާއާއި 2500.00 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ހަމަވުމުން، ހެލްތު އިންޝުއަރެންސްގައި ބައިވެރިކުރެވޭނެ.
  • މަތީ ތަޤުލީމް ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ ޢުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.  

މަޤާމުގެ މަސްއޫލިއްޔަތު:

  • ޓެކްނީޝަނުންނާއެކު ރެފްރިޖެރޭޝަނާއި، އެއަރކޮންޑިޝަނިންގ މަސައްކަތްތައް ކުރުން.
  • އާފްޓަރ ސޭލްސް ސަރވިސް ފޯރުކޮށްދިނުން.

ތަޢުލީމާއި ތަޖުރިބާ:

  •  ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސިބަހާއި ދިވެހިބަހުން ލިޔަން ކިޔަން އެނގުން.

އެހެނިހެން ހުނަރު:

  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
  • ވަޒީފާ އަދާކުރާ ސްޓޭޝަން ނޫން އެހެން ސްޓޭޝަންތަކުގައި މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 1 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމު، އެސް. ޓީ. އޯ. ގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި، http://www.stomaldives.com/downloads ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. 

ނޯޓް:

- އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމަށް މުވައްްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިިގެން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

- ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް: އެސް. ޓީ. އޯ. ހެޑް އޮފީސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ލިމިޓެޑް، ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264

ވެބްސައިޓް: www.stomaldives.com

 5 ޝައްޥާލް 1437

18 އޮކްޓޫބަރު 2015