ބީލަން
ނަންބަރު: TENDER/HMH/2025/031
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 21:30
ސުންގަޑި: 02 އޮކްޓޫބަރު 2025 10:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލް އަދި މޯލްޑިވްސް ބްލަޑް ސާރވިސްއަށް ބޭނުންވާ 12 ސީޓަރ ވޭން އަދި 7 ސީޓަރގެ ކާރެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލް އަދި މޯލްޑިވްސް ބްލަޑް ސާރވިސްއަށް ބޭނުންވާ 12 ސީޓަރ ވޭން އަދި 7 ސީޓަރގެ ކާރެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

 ނަންބަރު: TENDER/HMH/2025/031

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ 12 ސީޓަރ ވޭން އަދި  މޯލްޑިވްސް ބްލަޑް ސާރވިސް އަށް ބޭނުންވާ 7 ސީޓަރގެ ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2025 އޮކްޓޫބަރ 2 ވާ ދުވަހުގެ ހެނދުނު 10:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ބިޑް ރެޖިސްޓްރޭޝަން ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. މި ބިޑަށް އަގު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓާވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ރެޖިސްޓާވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

ބިޑް ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް:

https://forms.gle/uVxbmMBxJP4V57XJ9 

އަންދާސީ
ހިސާބު ހުށަހެޅުން:

2025 އޮކްޓޫބަރ 8 ވާ ދުވަހުގެ ހެނދުނު 11:30 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލްގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2025 އޮކްޓޫބަރ 5 ވާ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350113 / 3350111

އީ-މެއިލް: [email protected]

 25 ސެޕްޓެމްބަރ 2025

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

25 ސެޕްޓެންބަރު 2025