ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2025/60
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 30 ސެޕްޓެންބަރު 2025 00:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ މަޢުލޫމާތު ހޯދުމަށް އެދި

ފ.ނިލަންދޫ ހުޅަނގުކޮޅު ރުއްކޮށި ހިމެނޭ ސަރަހައްދު ( ކުޑަކުދިންގެ ޕާކުގެ ހުޅަނގާއި ހުޅަނގު ދެކުނުން )  އޮތް ސަރަހައްދުގެ ތެރޭގައި  ނިލަންދޫ ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތް އެޅުމަށްވަނީ ހަމަޖެހިފައެވެ. މިސަރަހައްދުގެ ތެރޭގައި ކޮންމެ ގެއަކަށް ރުކެއް ހަދިޔާ ކުރުމުގެ ޕޮރުގުރާމުގެ ދަށުން އިންދާފައި ހުރި ބައެއް ރުއްތައް އެބަހުއްޓެވެ. އެހެންކަމުން އޮފީސް އިމާރާތް ކުރުމަށް އިން ވަކިކޮށްފައިވާ ސަރަހައްދުގެ ތެރޭގައި ހުރި ރުއްތައް 2025 ސެޕުޓެންބަރު 30 ވަނަ ދުވަހުގެ ކުރިން އެރުކެއްގެ ވެރި ފަރާތުން ނެންގެވުމަށް ދަންނަވަމެވެ. އަދި އިން ވަކިކޮށްފައިވާ ސަރަހައްދުގެ ތެރޭގައި ހިމެނޭ ރުއްގަހުގެ ތެރެއިން ސަރުކާރުން ކަނޑައަޅުއްވާފައިވާ މިންވަރަށް ހެދިފައިވާ ރުއްގަހަށް ފައިސާއިން ބަދަލު ހަމަޖައްސައިދޭނެ ކަމުގައިވެސް  ދަންނަވަމެވެ. އެހެންކަމުން އެމިންވަރަށް ހެދިފައިވާ ރުއްތަކުގެ މައުލޫމާތު މަތީގައި ދަންނަވާފައިވާ ތާރީހުގެ ކުރިން ލިޔުމުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަތީގައި ދަންނަވާފައިވާ މުއްދަތު ހަމަވުމުން ކައުންސިލްގެ އައު އިމާރާތް އެޅުމަށް އިން ވަކިކޮށްފައިވާ ސަރަހައްދުގެ ތެރޭގައި ހުރި ރުއްގަސް ނަގައި ބިން ސާފުކުރާނެ ކަމުގައިވެސް ދަންނަވަމެވެ.

           ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

25 ސެޕްޓެންބަރު 2025