ވަޒީފާގެ ފުރުޞަތު
ނަންބަރު: A/Q10MC/16/2015
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި: 28 އޮކްޓޫބަރު 2015 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގުކޮމިޓީގެ ދަފުތަރެއް އެކުލަވައިލުން

އިޢުލާން

އަގުކޮމިޓީގެ ދަފްތަރެއް އެކުލަވައިލުން:

މި ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށްޓަކައި މި ކޯޓުގައި އަގުކޮމިޓީގެ ދަފްތަރެއް އެކުލަވައިލުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ މި ރަށާއި މި އަތޮޅުގެ ރަށްރަށުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލަމެވެ.

މަސައްކަތް:

މި ކޯޓުގައި ހިނގާ މައްސަލަތަކާ ގުޅިގެން އެވަގުތަކު އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން.

މަސައްކަތުގެ އުޖޫރަ:

އަގުކުރުމުގެ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާ.

ޝަރުޠު:

ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެވެސް އެއްދާއިރާއެއްގެ ހުނަރާއި މަޢުލޫމާތު ހުރި ފަރާތެއްކަމުގައިވުން.

ވީމާ، މިރަށުން މި ކޮމިޓީގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، އެފަރާތަކަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ހާމަކޮށްދޭ ލިޔުން ނުވަތަ ސެޓްފިކެޓްތަކާއި، އައިޑީ ކާޑުގެ ކޮޕީއާއި، ވަނަވަރު، 2015 އޮކްޓޫބަރު 28 ވާ ބުދަ ދުވަހުގެ 14:00 ކުރިން މި ކޯޓަށް ހުށަހެޅުން އެދެމެވެ.

އަދި މި އައަތޮޅުގެ ރަށްރަށުން މި ކޮމިޓީގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، އެފަރާތަކަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ހާމަކޮށްދޭ ލިޔުން ނުވަތަ ސެޓްފިކެޓްތަކާއި، އައިޑީ ކާޑުގެ ކޮޕީއާއި ވަނަވަރު، 2015 އޮކްޓޫބަރު 28 ވާ ބުދަ ދުވަހުގެ 14:00 ކުރިން އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.

29 ޛުލްޙިއްޖާ 1436

13 އޮކްޓޫބަރު 2015