ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)493-MR/1/2025/4
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 07 އޮކްޓޫބަރު 2025 14:00
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާ އަދި ބްރޯޑްކާސްޓް މީޑިއާތަކަށް ދައުލަތުން ދޭ މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުން

    ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން  11 ސެޕްޓެމްބަރ 2025  ގައި މިނިސްޓްރީން ގެޒެޓް ކޮށްފައިވާ ނަންބަރު : (IUL)493-MR/1/2025/3 އިއުލާނަށް ހަވާލާދީ ދަންނަވެމެވެ. ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު އަންނަ އޮކްޓޯބަރު 7 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.  މާލީ އެހީތެރިކަން ދިނުމާބެހޭ ތަފްސީލު، ރާއްޖޭގެމީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު (ނަންބަރު: 2025/G-15) ގައި ހިމެނިފައިވާނެއެވެ. މިކަމަށް އެދި ހުށަހެޅޭނީ މިކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕޯޓަލް ގެ ލިންކް އަކީ: https://mediaapp.one.gov.mv/ އެވެ. ވީމާ، މިކަން އާންމުކޮށް އަންގައި އިއުލާނު ކުރީމެވެ.

25 ސެޕްޓެންބަރު 2025