ވަޒީފާގެ ފުރުޞަތު
ނަންބަރު: GS039/2015/20-A
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 28 އޮކްޓޫބަރު 2015 14:00
މަދަރުސަތުއް ސުލްޠާނު މުޙަންމަދު ތަކުރުފާނުލް އަޢުޡަމް - ހއ. އުތީމު
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން (ދާއިމީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް ލައިބްރޭރިއަން (ދާއިމީ) 

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އޮފީސް:

މަދަރުސަތުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް

ސެކްޝަން/ ޔުނިޓް

އެޑްމިނިސްޓްރޭޓިވް ސެކްޝަން

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

 

މަޤާމުގެ ޝަރުޠު:

1. ލައިބްރަރީއާ ގުޅޭ ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ'ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ލައިބްރަރީއާ ގުޅޭ ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

1. ސްކޫލުގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ހެނދުނު 6:45 ގެ ކުރިން ސްކޫލަށް ހާޒިރުވެ ސޮއިކުރުން.

2. ލައިބްރަރީގެ ސްޓޮކް ޤަވާޢިދުން ބެލެހެއްޓުން.

3. ލައިބްރަރީގެ ފަރާތުން ފާހަގަކުރާ ޚާއްޞަ ދުވަސްތައް ފާހަގަކުރުމުގައްޔާއި، ލައިބްރަރީގެ ފަރާތުން ބާއްވާ އެކިއެކި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

4. ލައިބްރަރީގައި ސްކޫލުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ޙަރަކާތެއް އޮވެއްޖެނަމަ، އެކަމެއް ނިމެންދެން ލައިބްރަރީ ހުޅުވައިގެން މަޑުކުރުން.

5. ލައިބްރަރީއަށް އަލަށް ގެނެވޭ ފޮތްތައް އިންވޮއިސްއާ އަޅާކިޔުމާއި، ކަނޑައެޅިފައިވާ އުޞޫލުގެދަށުން އެ ފޮތްތައް ބައިތަކަށް ބަހައި، ލޭބަލް ހަރުކޮށް ދަރިވަރުންނާއި ޓިޗަރުންނަށް ދޫކުރެވޭނޭ އިންތިޒާމުތައް ހަމަޖެއްސުން.

6. ލައިބްރަރީ މަލްޓި މީޑިއާ ބެލެހެއްޓުން.

7. ލައިބްރަރީ މަލްޓި މީޑިއާ ސެކްޝަނުގައި ހިމެނޭ، އަލަށް ގެނެވޭ އެންމެހައި އޯޑިއޯ ކެސެޓް، ވީޑިއޯ ކެސެޓް، ސީޑީ، ޑީވީޑީ ފަދަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެދަށުން ސްޓޮކަށް ވެއްދުން.

8. ކަނޑައެޅިފައިވާ އުޞޫލުގެމަތިން، ބަޔާންކުރެވުނު ތަކެތި ދަރިވަރުންނާއި ޓީޗަރުންގެ ބޭނުމަށް ދޫކުރުމާއި ބަލައިގަތުން.

9- ލައިބްރަރީއަކީ، ބޭނުންކުރާ ފަރާތްތަކަށް ހިތްގައިމުކަމާއި ހިތްހަމަޖެހުމާއެކު ބޭނުންކުރެވޭ ތަނަކަށް ހެދުމުގެގޮތުން ތަނަށް ގެންނަންޖެހޭ ބަދަލުތައް (ތަރުތީބު، ތަނުގެ ޑިސްޕްލޭ) ސުކޫލުގެ އިސް ވެރިންނާ މަޝްވަރާކޮށްގެން ކުރުން.

10. އަލަށް ލިބޭ ފޮތްތައް ދަރިވަރުންނަށް ތަޢާރަފްކޮށްދިނުން.

11. ފޮތްކިޔުމަށް ދަރިވަރުން ޝައުޤުވެރިކުރުވުމަށް މަދުވެގެން ޓާމަކު 1 ޕްރޮގްރާމް ހިންގުން.

 

އުޖޫރައާއި ޢިނާޔަތް:

- އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ ޤަވާޢިދުން އިތުރުގަޑީގެ ފައިސާ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިނުމަށް ސިވިލް ސަރވިސްއިން ކަނޑައަޅުއްވާފައިވާ އެލަވަންސާއި ޢިނާޔަތްތައް.

- ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ޤަވާޢިދުގައިވާގޮތުގެމަތީން ވަޒީފާއާއި މުސާރައިގެ ކުރިއެރުން.

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

- ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތެއްކަމުގައިވުން.

- ތަޢުލީމާއި ތަމްރީނަށް.

- މި ދާއިރާއިން ތަޖުރިބާ ލިބި، ހާޒިރީއާއި މަސައްކަތަށް ފަރުވާތެރި މީހެއްކަމުގައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ.
  3. ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދާ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި، އީ-މެއިލް އެޑްރެހާއެކު)

 

ސުންގަޑި:

- މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 އޮކްޓޫބަރު 28 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މަދަރުސާއަށް ހުށަހެޅުން އެދެން.

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސަރުކަރު ބަންދުނޫން ދުވަސްދުވަހުގެ ރަސްމީ ގަޑީގައި މި މަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

- މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6500046 ނަންބަރު ފޯނާއެވެ.

- މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މަޤާމަށް ކުރިމަތިލާ ފަރާތްކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

އިންޓަވިއުކުރާ ތަނާއި ތާރީޚާއި ގަޑި:

މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސް، އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

6 މުޙައްރަމް 1437

 

19 އޮކްޓޫބަރު 2015