ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-AD/1/2015/61
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 27 އޮކްޓޫބަރު 2015 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ޑިރެކްޓަރ

މޯލްޑިވްސް ޕޮލިޓެކްނިކުގެ ނަންބަރު IUL)213-AD/1/2015/58)ފ(03 ސެޕްޓެންބަރު 2015) ގައި ގެޒެޓް ކޮށްފައިވާ އިޢުލާން ބާތިލްކޮށް އަލުން މިމަޤާމަށް އިއުލާން ކުރަމެވެ.

މަޤާމު:                        ޑިރެކްޓަރ

ބޭނުންވާ އަދަދު:                   01

ރޭންކް:                        އީ.އެކްސް 1

ކްލެސިފިކޭޝަން:                  ޑިރެކްޓަރ

މުސާރަ:                      -/8835 ރުފިޔާ

ސަރވިސް އެލަވަންސް:              -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ގިންތި:                       ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:       ކޯޕަރޭޓް އެފެއަރސް/ މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- އިދާރީ މަސައްކަތްތައް ޕްލޭންކޮށް ރާވައި ހިންގުން

2- އޮފީހުގެ މަސައްކަތްތަކާގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ނަތީޖާ ހާސިލުކުރުން

3- މަޤާމާ ގުޅޭގޮތުން މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުތަކުގެ ފުރުޞަތުތައް ފަހިކުރުން

4- ކިޔަވައިދިނުމާ ގުޅުންހުރި އިދާރީ އިންތިޒާމުތައް ދުވަހުން ދުވަހަށް ހަމަޖެއްސެވުން

5- އޮންލައިންކޮށް ހިންގާ ކޯސްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން

6- ޕޮލިޓެކްނިކްގެ ތަރައްޤީއަށް ބޭނުންވާ ޕޮލިސީތައް އެކުލަވާލައި ޕޮލިސީ ތަންފީޒުކުރާނެގޮތުގެ ޕްލޭންތައް ރާވައި ހިންގުން

7- ޕޮލިޓެކްނިކްގެ މެނޭޖްމަންޓްގައި ހިމެނޭ އެންމެހައި މަސައަކަތްތައް ތަންފީޒުކޮށް އިތުރަށް ތަރައްޤީކުރެވޭނެ ގޮތްތައް ހޯދުން

8- ހަވާލުކުރެވޭ މަސަތްކަތްތަކާ ގުޅިގެން ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުން

9- އަތޮޅުތަކުގައި ޤާއިމުކުރެވޭ ކެމްޕަސްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން

10- ޕޮލިޓެކްނިކްގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން 

11- ޕޮލިޓެކްނިކްގެ އެންމެހާ މުވައްޒަފުންނާ ގުޅުންހުރި މަސައްކަތްތައް ދުވަހުން ދުވަހަށް ބެލެހެއްޓުން

12- ކެމްޕަސްތައް ހުރި ރަށްރަށަށް ދަތުރުކޮށް ކެމްޕަސްތައް މޮނިޓަރކޮށް ބެލެހެއްޓުން

13- މަޤާމާއި މަސައްކަތްތަކުގެ އިތުރުން ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން

ޝަރުޠު:

ތައުލީމީ ފެންވަރު:

1. ކިޔަވައިދިނުމާއި ގުޅުންހުރި ދާއިރާ / މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަނުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ކިޔަވައިދިނުމާ ގުޅުންހުރި ދާއިރާ / މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަނުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

2. ކިޔަވައިދިނުމާއި ގުޅުންހުރި ދާއިރާ / މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަނުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ކިޔަވައިދިނުމާ ގުޅުންހުރި ދާއިރާ ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަނުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

3. ކިޔަވައިދިނުމާއި ގުޅުންހުރި ދާއިރާ / މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަނުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ކިޔަވައިދިނުމާ ގުޅުންހުރި ދާއިރާ ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަނުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ. މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 1 ނޮވެންބަރު 2015 އިން 10 ނޮވެންބަރު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ނ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ރ- މިމަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ އަސްލުކޮޕީ ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. 

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން ( 1 ވަނަ ފަންގިފިލާ ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 27 އޮކްޓޫބަރު 2015 ވަނަދުވަހުގެ 14:00 ގެ ކުރިން.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.

15 އޮކްޓޫބަރު 2015