ދިވެހިރާއްޖެ
ކެނދިކުޅުދޫގެ އަތިރި މައްޗަށް ކުނި އެޅުމުގެ ސަބަބުންނާއި ފަތްކުނި ގިނަވުމުގެ ސަބަބުން އުފެދިފައިވާ ކުނި ގޮނޑުތައް ނަގާ، ރަށުގެ ގޮނޑުދޮށާއި ހޭޅިފަށްވަނީ ފަހުގެ ތާރީޚެއްގައި ސާފުކޮށްފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ކުންޏާއި އަދި މިނޫންވެސް އެހެނިހެން ތަކެތި ހޭޅިފަށަށްނެރެ ބަހައްޓައި، ސާފުކޮށްފައިވާ ސަރަހައްދު ގޮނޑު ކުރަމުންދާކަމުގެ ޝަކުވާ ދަނީ މި ކައުންސިލަށް ލިބެމުންނެވެ.
މިކަމަކީ ޤާނޫނު ނަންބަރ: 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު) ގައްޔާއި، މިކައުންސިލުގެ ގަވާއިދު ނަންބަރ:2013/R-491 (ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދު) ގައި މަނާކަމެއް ކަމުގައި ބަޔާންކޮށްފައިވާ ކަމަކަށް ވީހިނދު، މިފަދަ ޢަމަލުތައް ހުއްޓުވުމަކީ ދެންނެވުނު ގަވާއިދާއި، ޤާނޫނު ނަންބަރ: 11/2010 (ޢާންމު ޢިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު) އިން ކައުންސިލަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއެއް ކަމުގައިވުމުން، މިފަދަކުށްތައް ކުރަމުން އަންނަ ފަރާތްތައް ފާހަގަ ކުރުމަށްފަހު އެފަރާތްތަކާއި މެދު ޤާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅުއަޅާނެ ވާހަކަވެސް ހަނދުމަކޮށް އަރުވަމެވެ. އެހެންކަމުން، މިފަދަ ޢަމަލެއް ކުރަމުންދާތަން ފެނިއްޖެނަމަ ލަސްނުކޮށް މިކައުންސިލުގެ ހޮޓްލައިން 6560013 އަށް މަޢުލޫމާތު ހިއްސާކޮށްދެއްވުން އެދެމެވެ.
މީގެއިތުރުން، ހޭޅިފަށާއި ގޮނޑުދޮށުގައި އަމިއްލަ ފަރާތެއްގެ އެއްވެސް މުދަލެއް އަދި އެއްވެސް އެއްޗެއް ބަހައްޓާފައިވާނަމަ 02 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް އަންގަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ނުނަންނަގަވާ ހުރި ތަކެތި ކުނީގެ ގޮތުގައި ކަނޑައަޅާ، ނައްތާލެވޭނެ ކަމުގައިވެސް ދަންނަވަމަވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
01 ރަބީޢުލްއާޚިރު 1447
23 ސެޕްޓެންބަރު 2025