ބީލަން
ނަންބަރު: (IUL)270/270/2025/74
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:40
ސުންގަޑި: 12 އޮކްޓޫބަރު 2025 11:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. މަކުނުދޫގައި ޕޭރެންޓް ހިޔާއެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 12 އޮކްޓޫބަރު 2025 08:04 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން ނަންބަރު: (IUL)270/270/2025/74

 

އިޢުލާން

ހދ. މަކުނުދޫގައި ޕޭރެންޓް ހިޔާއެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ހދ. މަކުނުދޫގައި ޕޭރެންޓް ހިޔާއެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 23 ސެޕްޓެމްބަރ 2025 ން 12 އޮކްޓޫބަރ 2025 ގެ 09:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން ބޭއްވޭ ޕްރީ-ބިޑް މީޓިންއެއް 30 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކާނިމާލަމްގައި އޮންނާނެއެވެ. އަދި ޕްރީބިޑް މީޓިންގައި ބައިވެރި ވެލައްވާ ފަރާތްތަކަށް ބީލަމާއިގުޅޭ މަސައްކަތު ކަރުދާސް 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 23:59 ގެ ކުރިން ފޮނުވަދެވޭނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 12 އޮކްޓޫބަރ 2025 ވަނަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.

މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ރަސްމީ ގަޑީގެ ތެރެއިން ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • ޕްރޮކިއުމަންޓް ޔުނިޓް
  • މަކުނުދޫ ކައުންސިލް އިދާރާ
  • ހދ.މަކުނުދޫ
  • ފޯން:  7789355 / 6520038
  • އީމެއިލް:[email protected]

                      ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

01 ރަބީޢުލް އާޚިރް 1447

23 ސެޕްޓެމްބަރ 2025

23 ސެޕްޓެންބަރު 2025