ދިވެހިރާއްޖެ
އިޢުލާން
ތިރީގައިވާ ތަކެތި ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި
ނީލަން އޮންނަ ދުވަސް: |
24 ސެޕްޓެމްބަރ 2025 |
ގަޑި: |
13:00 ގައި |
ނީލަން އޮންނަ ތަން: |
ކާފަ މާމާ މައިޒާން |
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް
ޢަދަދު |
ބާވަތް |
ނީލަން ފެށޭއަގު(ރުފިޔާއިން) |
08 |
ރުކުގައި އަޅާފައިވާ ތަކެތި (ކާށި، ގަބުޅި، ކުރުނބާ) |
ބައެއް -/5 |
08 |
ފުނި ފަން |
ފުންޏެއް -/5 |
މި ނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 2025 ސެޕްޓެމްބަރ 24ވަނަ ދުވަހުގެ 15:00 ގެ ކުރިން މި އިދާރާގެ 7714700413001 ނަންބަރު އެކައުންޓަށް ޓްރާންސްފަރ ކުރެއްވުމަށްފަހު، ޓްރާންސްފަރ ކުރި ސްލިޕް މި އިދާރާގެ ނަންބަރު 7750013 އަށް ވައިބަރ ކުރަންވާނެއެވެ. 15:00 ގެ ކުރިން ފައިސާ ނުފޮނުވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި އެހިސާބުން ކެންސަލް ކުރެވޭނެއެވެ. ނީލަމުން ތަކެތި ގެންދެވޭނީ ނީލަން ފުރިހަމަ ކުރިކަމުގެ ލިޔުން ކައުންސިލުން ދިނުމުންނެވެ.
ނީލަން ފުރިހަމަ ކުރައްވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި 2025 ސެޕްޓެމްބަރ 24ވަނަ ދުވަހުގެ 18:00 ގެ ކުރިން ގެންދަވަންވާނެއެވެ. އެވަގުތުގެ ތެރޭގައި ނުގެންދަވާ ތަކެތި އެފަރާތުން ބޭނުންނެތީ ކަމުގައި ބަލައި އެތަކެތި ނައްތައިލެވޭނެއެވެ.