މަސައްކަތް
ނަންބަރު: B8C-A/2025/19
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 02 އޮކްޓޫބަރު 2025 14:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓް ޢިމާރާތުގެ ވަށާފާރު ރޭނުން

ކޯޓް ޢިމާރާތުގެ ވަށާފާރު ރޭނުމުގެ މަސައްކަތް

މިކޯޓުންދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޯޓު ޢިމާރާތުގެ ވަށާފާރު ރޭނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު: B8C-A/2025/18 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅިފަރާތުން ހުށަހެޅި އަންދާސީހިސާބު ފުރިހަމަނުވާތީ އެއިޢުލާން ބާޠިލްކޮށް މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި މަސައްކަތުގައި ރަޖިސްޓްރީ ކުރުމަށް 2025 ސެޕްޓެމްބަރ 23 ން 2025 ސެޕްޓެންބަރު 30 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 

 

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ސެޕްޓެންބަރު 30 ގެ ކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަން ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

 

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 އޮކްޓޫބަރ 05 ވަނަ ދުވަހުގެ 11:00 ގައި ހދ. ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ހދ. ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓު، ހދ. ނެއްލައިދޫ / ދިވެހިރާއްޖެ ،ފޯން: 6527005                  

 އީ-މެއިލް: [email protected]

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

23 ސެޕްޓެންބަރު 2025