ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS63-AD/GS63/2015/27
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 22 އޮކްޓޫބަރު 2015 14:30
ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
ސްކޫލް ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

5 އޮކްޓޫބަރު 2015 ގައި ކޮށްފައިވާ IUL)GS63-AD/GS63/2015/23) ނަންބަރުގެ އިޢުލާނުގައި މައްސަލަ ހުރުމާ ގުޅިގެން، އެ އިޢުލާން ބާޠިކޮށް، އަލުން އިޢުލާން ކުރަމެވެ.

މަޤާމް:                         ސްކޫލް ހެލްތު އޮފިސަރ

ބޭނުންވާ އަދަދު:                    1 (އެކެއް)

ރޭންކް:                         އެމް. އެސް. 1

ކްލެސިފިކޭޝަން:                    އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

މުސާރަ:                       -/5610 ރުފިޔާ

ސަރވިސް އެލަވަންސް:                -/2500 ރުފިޔާ

ވަޒީފާއޮތް އޮފީސް:                   ވޭމަންޑޫ ސްކޫލް

ގިންތި:                          ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:          އިދާރީ ސެކްޝަން/ ތ ވޭމަންޑޫ ސްކޫލް                   

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ސުކޫލުގެ ކިޔަވައދޭ ގަޑިތަކުގައި އުޅެންނީ ހެލްތު ރޫމުގައެވެ. އެއްވެސް ސަބަބަކާހުރެ ހެލްތު ރޫމުން ބޭރަށް ދާންޖެނަމަ، ހެލްތުރޫމުގެ ރެކޯޑު ފޮތުގައި ލިޔެފައި ދިއުން.

2- އިންޓަރ ހައުސް އާއި އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތަކާއި، މީގެ އިތުރުން، ކުދިންނަށް ބޭއްވޭ ތަފާތު ހަރަކާތްތަކުގައި ބޭނުންވެދާނެ ޞިއްޙީ ފަރުވާއެއްގެ އިންތިޒާމްކުރުން.

3- ހެލްތު ރޫމަށް ގެނެވޭ ކޮންމެ ކުއްޖެއްގެ ރެކޯޑްކުރުމަށްފަހު ކޮންމެދުވަހަކުވެސް ސެޝަން ނިމުމުން، އެ ގްރޭޑަކާ ހަވާލުވެގެންހުންނަ ލީޑިންގ ޓިޗަރަކަށް ރިޕޯޓް ހުށަހެޅުން.

4- ބެލެނިވެރިޔާއާ މަޝްވަރާކޮށްފައިނޫނީ ބޭހެއް ކުއްޖަކަށް ނުދިނުން.

5- ހެލްތު ރޫމަށް ބަލިހާލުބޮޑުވެގެން ގެނެވޭ ކުދިންގެ ބެލެނިވެރިންނަށް ވަގުތުން އެކަން އެންގުން. އަދި އެވަގުތަކު ހުންނަވާ އިސްވެރިއެއްގެ ސަމާލުކަމަށް އެކަން ގެނައުން.

6- މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތު ގުޅިވަޑައިގެން ކޮންމެ އަހަރަކު ސްކޫލްތަކުގައި ގެންދިއުމަށް ހަމަޖެހިފައިވާ ދަރިވަރުންނަށް ފަނީބޭސްދިނުމާއި ވިޓަމިންއޭ ދިނުމުގެ ޕްރޮގްރާމް މި ސުކޫލުގައި ހިންގުން.

7- ހެލްތު ރޫމަށް ގެނެވޭ ދަރިވަރުންނަށް އެހީތެރިވުމާއި ފަރުވާދިނުމުގައި އަވަސް ޚިދުމަތް ފޯރުކޮށްދިނުން.

8- ދަރިވަރުންނާ މުޢާމަލާތުކުރުމުގައި އޯގާތެރިކަމާއެކު މުޢާމަލާތުކުރުން.

9- ދަރިވަރުންގެ ޞިއްޙީ ހޭލުންތެރިކަމަށްޓަކައި ސްކޫލާ ގުޅިގެން ތަފާތު ޕްރޮގްރާމްތައް ރާވައި ކުރިއަށް ގެންދިއުން.

10- ޢާއްމުކޮށް ހެލްތު ރޫމުގައި ދަރިވަރުންނަށް ފުރަތަމަ އެހީދިނުމަށް ބޭނުންކުރާ ހުރިހާ ސާމާނެއް ހަމައަށް ގެނައުން.

11- ކޮންމެ ދުވަހަކު ސެޝަނެއްގައި މަދުވެގެން ދެފަހަރު ތިރީގައިވާ ކަންތައްތައްކުރުން.

-  ފާޚާނާތަކުގެ ސާފުތާހިރުކަންބެލުން.

- ފާޚާނާގައި ހުންނަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުން. މިސާލު: ފުލަޝް ޓޭންކް، އިސްކުރު.

- ފެންބޯ އިސްކުރާއި ކޫލަރުތެރޭގެ ސާފުތާހިރުކަން ބެލުން.

- ކޮރިޑޯތައް ޗެކްކުރުން.

12- ޞިއްޙީ ކަންކަމާބެހޭ ދުވަސްތައް ފާހަގަކުރުމުގައި ޚިޔާލުދީ އެހީތެރިވުން.

13- ޓާމަކު އެއްފަހަރު، ކުދިންގެ އިސްކޮޅާއި ބަރުދަން ބަލައި، ރެކޯޑްތައް ބެލެހެއްޓުން.

14- ކުދިންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތްތައް ހިންގުން. ކުދިންނަށް މަޢުލޫމާތު ދިނުން.

15- ސުކޫލުގެ ބަންދުވުމުގެ ކުރިން އެ އަހަރެއްގެ އަހަރީ ރިޕޯޓާއި އަންނަން އޮތް އަހަރުގެ އެކްޝަން ޕްލޭން މިނިސްޓްރީއަށް ފޮނުވުން.

16- ހެލްތު ރޫމްގެ އެނދުފޮތިތަކާއި ބާލީހު އުރަތައް މަދުވެގެން ހަފުތާއަކު 3 ފަހަރު ބަދަލުކުރުން.

17- ހެލްތު ރޫމުގެ އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން.

18- ފަސްޓްއެއިޑް ފޮށީގައި އަބަދުވެސް ތަކެތި ހަމަޔަށް ބެހެއްޓުން.

19. ސްކޫލްތެރޭގެ ސާފްުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއްދިނުން.  

މަޤާމުގެ ޝަރުޠު:                                                

1. ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހެލްތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ހެލްތް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމީގޮތުން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، އިންޓަވިއުއިން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.              

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަވިއު 25 އޮކްޓޫބަރު 2015 ން ފެށިގެން ކުރިއަށްދާނެއެވެ. 

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމް ލިބޭނީ، ވޭމަންޑޫ ސްކޫލުގެ އޮފީހުންނާއި، www.csc.gov.mv މި ވެބްސައިޓުންނެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ވޭމަންޑޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން، ވޭމަންޑޫ ސުކޫލުގެ އޮފީހަށް.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ވޭމަންޑޫ ސްކޫލުގެ 6780564 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

1 މުޙައްރަމް 1437

14 އޮކްޓޫބަރު 2015