ދިވެހިރާއްޖެ
އ.ތ.މ ކޮމެޓީއާއި ބ.ގޮއިދޫ ކައުންސިލާއި ގުޅިގެން ފެޝަން ގްލޭމަރ ޓެއިލަރ ގެ އެހީތެރިކަމާއެކު ގޮއިދޫގެ އަންހެން ކަބަލުންނަށް ފަހާކޯރސްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިކޯހުގައި ކިޔަވައިދޭނީ ރާއްޖޭގެ ފެހުމުގެ ދާއިރާގެ ތަޖުރިބާ ހުރި ބޭކަބަލެކެވެ. މި ކޯހުގައި ފަހަން ބޭނުންކުރާ ފަހާފޮށި ގެންނަން ޖެހޭނީ އެބައިވެރިއަކު އަމިއްލައަށެވެ. އަދި މި ކޯހުގައި ބޭނުންކުރާ ފޮތި އަދި އެހެނިހެން ތަކެތި ފޯރުކޮށްދޭނީ ކިޔަވާދެއްވާ ފަރާތުންނެވެ.
ބޭސިކް ކޯރސް (1 މަސް ދުވަސް) (/-1000 ) (އެންހާސް ރުފިޔާ)
- ބާލިސް އުރަ
- ޓޯޓް ބޭގް
- ތަފާތު ރޫ ނެގުން
- ކަރުހަދާނެ ތަފާތު ގޮތްތައް ބުނެދިނުން
- ވައްތިރި ސްކާޓް
- ރަބަރު ލައްވައިގެން ސޯޓް ފެހުން
- އާދައިގެ ޒިބު ހަރުކުރުން
- ޓޮޕް ފެހުން
- ހަރުވާޅު ފެހުން
(އަދިވެސް އިތުރަށް ކިޔާދެވޭނެ ބައިތައް ހުންނާނެ )
އެޑްވާންސް ކޯރސް (1 މަސް ދުވަސް) (/-1200 ) (ބާރަސަތޭކަ ރުފިޔާ)
- މިންނަގާނެ ގޮތް
- ގަމީސް
- ތަފާތު ޖީބު ދަސްކޮށް ދިނުން
- ގިރުވާން އަޅަން ދަސްކޮށް ދިނުން
- ފަޓުލޫނު ފަހަން ދަސްކޮށް ދިނުން
- ކުޑަކުދިން ގެ ޕާޓި ހެދުން
- އަބާޔާ
- ސަގާފީ ކުރުތާ
- ސީކުރެޑް ޒިބް އަޅަން ދަސްކޮށް ދިނުން
- އަތުކުރިތައް ދަސްކޮށް ދިނުން
- ބެޑް ޝީޓް ފެހުން ރަބަރު ލައްވައިގެން
ދިގު ހެދުން އަދި ލިބާހުގެ ކޯރސް (1 ހަފްތާ) (/-1500 ) (ފަނަރަސަތޭކަ ރުފިޔާ)
މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ 20 ނޮވެންބަރު 2025 ވާ ބުރާސްފަރިދުވަހުއެވެ. މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވޭނީ ބ.ގޮއިދޫގައި ދިރިއުޅޭ ކަނބަލުންގެ ތެރެއިން އުމުރުން 18 އަހަރުން މަތީގެ ކަނބަލުންނަށެވެ.
ވީމާ،މިކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 1 އޮކްޓޯބަރު 2025 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެކުރިން 9180011 ނަންބަރ އަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުންއެދެމެވެ. މި ކޯރސްތައް ކުރިއަށް ގެންދެވޭނީ މަދުވެގެން 20 ބޭފުޅުންބައިވެރިވާނަމައެވެ. މި ކޯރސްތަކުގެ ފީ ދައްކަން ޖެހޭނީ އެބައިވެރިއަކު ބައިވެރިވާ ކޯހެއް ގެ ދެބައިކުޅަ އެއްބައެވެ. އެނެއްބައި ދައްކާނީ އ.ތ.މ ކޮމެޓީ އިންނެވެ.