ވަޒީފާގެ ފުރުޞަތު
ނަންބަރު: MS/HR/2015/390
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 26 އޮކްޓޫބަރު 2015 14:30
މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު:                މަސައްކަތު

ކްލެސިފިކޭޝަން އަދި ރޭންކް: ސަޕޯޓް ސްޓާފް ގްރޭޑް 1 (އެސް އެސް 1)

ބޭނުންވާ އަދަދު:         1 (އެކެއް) 

ޝަރުޠު:             ލިޔަންކިޔަންދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މުސާރަ:             -/3100ރ (މަހަކު)                                            

ސަރވިސް އެލަވަންސް:     -/1000ރ (މަހަކު)

އިތުރުގަޑީގެ ފައިސާ:      އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން:

މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު

 - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ކުރަންޖެހޭ މަސައްކަތް:

- ސްކޫލަށް ބޭނުންވާ ސާމާނުގެ އަގުތައް ހޯދުމާއި ހަވާލުކުރަންޖެހޭ ސިޓީ އަދި އެހެނިހެން ޑޮކިޔުމެންޓްތައް ކަނޑައެޅިފައިވާ ވަކި އިދާރާއަށް ހަވާލު ކުރުމުގެ މަސައްކަތް

- ސްކޫލުގެ ކުލާސްރޫމްތަކާއި، އިމްތިޙާނުތަކަށް ބޭނުންވާގޮތަށް ގޮނޑި މޭޒު އުފުލާ އެތުރުން.

- ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 

- ސްކޫލުގެ ފުރާޅު ސާފުކުރުމާއި މެއިންޓެނަންސްގެ އެންމެހައި ކަންތައް ސްޕަވައިޒަރުގެ ބެލުމުގެ ދަށުންކުރުން

- ބިދޭސީ ޓީޗަރުންގެ ވިސާ ދެއްކުމާއި ކާޑު ހެއްދުމާއި މީރާ އަދި އިމިގްރޭޝަނުން ކުރަންޖެހޭ އެންމެހާ ކަންތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި: 

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ސުންގަޑި: މަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 26 އޮކްޓޫބަރު 2015 ދުވަހުގެ މެންދުރުފަހުގެ 2:30 ގެ ކުރިން ސްކޫލް އޮފީހަށް ވަޒީފާއަށް އެދޭ ފޯމު މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެވާހަކަ ދެންނެވީމެވެ.

އިންޓަރވިއުކުރުން:

މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

* އަދި މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސްމެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރެއްވުމަށް ގުޅުއްވާނީ 3320341 ނަންބަރާ ފޯނާއެވެ.

15 އޮކްޓޫބަރު 2015