ނޫސްބަޔާން
ނަންބަރު: MTDC/2013/CA/IUL-201
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2013
ޕަބްލިޝްކުރި ގަޑި: 18:42
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ.
ދިވެހިރާއްޖެ
އަހަރީ އާންމު ޖަލްސާއާބެހޭ

2012 ވަނަ އަހަރުގެ ނޮވެމްބަރ 6 ވަނަ ދުވަހު ބޭއްވުނު، މި ކުންފުނީގެ 1 201ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވަނީ މިކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމަށާއި އަދި ކުންފުނީގެ ބޯނަސް ހިއްސާ އެކަށައެޅުމަށް ގޮތެއް ނިންމުމަށްޓަކައި، ކުންފުނީގެ "ޚާއްޞަ ގޮތުން ކުރާ ޢާންމު ޖަލްސާއެއް" ބޭއްވުމަށް ކަނޑައަޅާފައިވެއެވެ.

އެހެންނަމަވެސް، ކުންފުނީގެ ހިންގާ ގަވާއިދުގެ 59 ވަނަ މާއްދާގައި "ޚާއްޞަގޮތުން ކުރާ އާންމު ޖަލްސާއަކުން ކަމެއް ފާސް ކުރެވޭނީ، ކުންފުނީގެ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ ރުހުން އެކަމަށް ލިބިގެން" ކަމަށް ބަޔާންކޮށްފައިވެއެވެ. މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ އަކީ ކުންފުނީގައި 24,000 (ސައުވީސް ހާސް) އަށްވުރެ ގިނަ މެންބަރުން ހިމެނޭ ކުންފުންޏަކަށްވެފައި، ޚާއްޞަކޮށް ކުރާ އާންމު ޖަލްސާއަކުން މިފަދަ ކަމެއް ފާސްކުރުމަކީ ކުރެވޭނެކަމެއް ކަމެއް ނޫނެވެ. ވުމާއެކު، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މިކުންފުނީގެ 2012 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ ގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު އިޞްލާޙުކުރުމަށާއި އަދި ބޯނަސް ހިއްސާ އެކަށައެޅުމަށް ގޮތެއް ނިންމުމަށް ހުށަހެޅުމަށް ވަނީ ކަނޑައަޅާފައެވެ. މި ބައްދަލުވުން ބޭއްވޭނެ ތާރީޚާއި ގަޑި ފަހުގެ ތާރީޚެއްގައި އެންގޭނެއެވެ.

ވީމާ މިވާހަކަ އެންމެހައި ޙިއްޞާދާރުންގެ މަޢުލޫމާތައްޓަކައި ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

04 އޭޕްރިލް 2013