ދިވެހިރާއްޖެ
އިޢުލާން
ފޮޅައި ސާފުކުރުމަށް ބޭނުން ކުރާ ސާމާން ގަތުމަށް ބޭނުންވެއްޖެ
މިނިސްޓްރީއަށް ފޮޅައި ސަފުކުރުމަށް ބޭނުންވާ ސާމާނު 1 އަހަރުދުވަހަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)22-PU/1/2015/269 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތުން މާލިއްޔަތު ގަވާއިދު 8.01 ގެ (ކ) އާ ޚިލާފުވެފައިވާތީ، އެ ލޮޓްގައިވާ ތަކެތި ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
| މަޢުލޫމާތު ސާފުކުރުމަށް | އަންދާސީހިސާބު ހުށަހެޅުމަށް | 
| 25 އޮކްޓޫބަރު 2015 (އާދީއްތަ) ދުވަހުގެ 14:00 އަށް | 29 އޮކްޓޫބަރު 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.
02 މުޙައްރަމް 1437