ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM/RDC/2025/65
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 19:19
ސުންގަޑި: 28 ސެޕްޓެންބަރު 2025 16:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސައިޓް އިންޖިނިއަރ / ސައިޓް ސުޕަވައިޒަރ)

މަޤާމް :ވަޒީފާގެ ފުރުޞަތު (ސައިޓް އިންޖިނިއަރ / ސައިޓް ސުޕަވައިޒަރ)
ބޭނުންވާ އަދަދު :16

ވަޒީފާގެ ފުރުޞަތު  (ސައިޓް އިންޖިނިއަރ/ ސައިޓް ސުޕަވައިޒަރ)

 

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމް:

 ސައިޓް އިންޖިނިއަރ

 ބޭނުންވާ އަދަދު:

 05 (ފަހެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 އިންޖިނިއަރ - ގްރޭޑް 1

 އަސާސީ މުސާރަ:

 މަހަކު -/12,500 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - ޓެކްނިކަލް އެލަވަންސް: އަސާސީ މުސާރައިގެ 25%

 - ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ 15%

 - ފޯން އެލަވަންސް: 450.00 ރުފިޔާ

 - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ    ދެވޭނެއެވެ.

 - މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ،    މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން    މަތީ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލޭ ސައިޓުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި   ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 - މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ   އޮނިގަނޑުގެ ލެވެލް 09ގެ މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ   ގުޅުންހުރި ދާއިރާއަކުން މަދުވެގެން 01 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ،

 - މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ      އޮނިގަނޑުގެ ލެވެލް 07ގެ ބެޗްލަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ    ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ  މައިގަނޑު މަސައްކަތްތައް:

 - ތަފްސީލީ ކުރެހުންތައް ބޭނުންކޮށްގެން ޕްރޮޖެކްޓް ރޭވުން.

 - އަންދާޒީ ހިސާބުތަކާއި ބަޖެޓް ތައްޔާރުކުރުން.

 - ޕްރޮޖެކްޓަށް ޚާއްސަ މިންގަނޑުތައް އެކަށައެޅުމަށް ބޭނުންވާނެ ފަންނީ އެހީތެރިކަން           ފޯރުކޮށްދިނުން.

 - އިންޖިނިއަރިންގ ޑިޒައިންތަކާއިބެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކުރުން.

 - ކަނޑައެޅިފައިވާ ވަގުތާއި ބަޖެޓުގެ ތެރޭގައި، ރަނގަޅު ފެންވަރުގައި މަޝްރޫޢު ނިންމުން.

 - ހޯދޭހޯދުންތައް މަސައްކަތް ހަވާލުކުރިފަރާތާއި، އެކުގައި މަސައްކަތްކުރާ ފަރާތްތަކާއި           މުޢާމަލާތްކުރުން.

 - ޕްރޮޖެކްޓާއި ގުޅުންހުރި އެންމެހާ ކަންތައްތަކާއި ބެހޭ ހޯދުންތައް ހޯދުން.

 - ފަންނީ އަދި ކުރުން އެކަށޭނަ ކަމެއްތޯ ދިރާސާކުރުން.

 - ފަސްގަނޑުގެ ތަހުލީލުތައް ކުރުން.

 - ތަފްސީލީ އިންޖިނިއަރިންގ ޑިޒައިންތައް ތައްޔާރުކުރުން.

 - ފަންނީމިންގަނޑުތައް  ތައްޔާރުކުރުމާއި ޓެންޑަރ މަރުހަލާގައި ބައިވެރިވުން

 - ފަންނީ މިންގަޑުތަކާއި އެއްގޮތްތަށް މަޝްރޫޢު ކުރިއަށްދާކަން ކަށަވަރުކުރުމަށްޓަކައި ޤަވާއިދުން    ސައިޓަށް ޒިޔާރަތްކޮށް ބެލުން.

 - އިންޖިނިއަރިންގ އާއި ގުޅުންހުރި ކަންކަމުގައި އިރުޝާދުދިނުން.

 - މަސައްކަތުގެ މަރުހަލާގައި ދިމާވާ އެންމެހާ މައްސަލަތައް ހައްލުކުރުމަށް ލަފާއާއި އިރުޝާދު    ދިނުން.   

 މަޤާމް:

 ސައިޓް ސުޕަވައިޒަރ

 ބޭނުންވާ އަދަދު:

 11 (އެގާރަ)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ އޮފިސަރ - ގްރޭޑް 1

 އަސާސީ މުސާރަ:

 7,000.00 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ 25%

 - ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ 15%

 - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ    ދެވޭނެއެވެ.

 މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ،    މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން    މަތީ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މާލޭ ސައިޓުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި   ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 - މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ      އޮނިގަނޑުގެ ލެވެލް 05ގެ ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުން.

 ނުވަތަ،

 - އޭލެވެލް / މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ   ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ   ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ،

 - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 02   އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ.

 - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 05 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ   ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ  މައިގަނޑު މަސައްކަތްތައް:

 - ސައިޓުގައި މަސައްކަތް ހިނގަމުންދާ ގޮތް ޤަވާއިދުން ބެލުން.

 - މަސައްކަތްކުރާ ޓީމަށް މަސައްކަތް ކުރިއަށްގެންދާނެ ގޮތް ކިޔައިދީ އިރުޝާދުދިނުން.

 - ޕްރޮޖެކްޓް ޓީމާއި ވަށައިގެންވާ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން.

 - މަސައްކަތުގެ މާޙައުލުގައި ހިނގާ އިންސިޑެންޓްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން    ކުރުން.

 - ޓީމް މެމްބަރުންގެ މަސައްކަތުގެ ފެންވަރުބަލައި އަޚްލާޤީ މިންގަނޑުތައް ހިފަހައްޓާކަން        ކަށަވަރުކުރުން.

 - މަޝްރޫޢުގެ ޝެޑިއުލްއާ އެއްގޮތަށް މަޝްރޫޢު ކުރިއަށްގެންދާކަން ކަށަވަރުކުރުން.

 ސުންގަޑި:

 - މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 28 ސެޕްޓެމްބަރ   2025  ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ   ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

 

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް   ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ   ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް   އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު   ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު   ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ޕޮލިސް ރިފޯޓް. (މުއްދަތު ހަމަނުވާ)

 

 ނޯޓް:  މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް  ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި  ދެންނެވީމެވެ. އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ  ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު  ޖެހުމަށް ދަންނަވަމެވެ.

 އިންޓަވިއު:

 - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ      ފަރާތްތަކަށް އެކަންޏެވެ.

 - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ   ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

 - މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ސެޕްޓެމްބަރ / އޮކްޓޯބަރ   މަހުގެ  ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް   ގުޅުއްވުން އެދެމެވެ.

                                   

                                30 ރަބީޢުލްއައްވަލް 1447

                                 

 

22 ސެޕްޓެންބަރު 2025