ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ 11 ވަނަ ބާބު، 70 ވަނަ މާއްދާ "ކައުންސިލްތަކުން ވިޔަފާރިކުރުން" ގެ (ހ) އަދި (ށ) ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެމަތިން އުފެއްދުމަށް ހަމަޖެހިފައިވާ "ގދ. ހޯނޑެއްދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް" ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
"ގދ. ހޯނޑެއްދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް" ބޯޑުގެ ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިފާ "ފިޓް އެންޑް ޕްރޮޕަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމަވާ؛ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައިފާވާ "ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު (01/221/2022އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންވާނެއެވެ.
ޑިރެކްޓަރުންގެ މުސާރަ އާއި އެލަވަންސް
- (ހ) ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި ބޯޑު މެމްބަރުންގެ މުސާރައާއި އެލަވަންސް އަކީ މަހަކު؛
- ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މުސާރަ: 10000.00 (ދިހަހާސް ރުފިޔާ)
- ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ލިވިންގ އެލަވަންސް: 4000.00 (ހަތަރުހާސް ރުފިޔާ)
- ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ފޯން އެލަވަންސް: 1000.00 (އެއްހާސް ރުފިޔާ)
(ށ) ބޯޑު ބައްދަލުވުމުގެ ސީޓިންގ އެލަވަންސް ދެވޭނީ ގިނަވެގެން މަހަކު 4 (ހަތަރެއް) ބައްދަލުވުމަށެވެ.
(ނ) މިމާއްދާގެ (ހ) ގައި ދެންނެވިފައިވާ މުސާރައާއި އިނާޔަތްތައް ބޯޑު މެންބަރުންނަށް ލިބިވަޑައިގަންނަވާނީ މިކުންފުނީގެ ފާއިތުވި އަހަރުގެ އާމްދަނީ 10 މިލިއަން ދިވެހި ރުފިޔާ ލިބިފައިވާ ނަމައެވެ.
# |
މަޤާމު |
ޢަދަދު |
1 |
މެނޭޖިންގ ޑިރެކްޓަރު |
1 |
2 |
ޑިރެކްޓަރު |
2 |
ގދ. ހޯނޑެއްދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ އަހަރީ އާމްދަނީ 10 މިލިއަން ދިވެހި ރުފިޔާއަށް އަރާ ހިސާބުން ފެށިގެން، އެމްޑީ އާއި ބޯޑު މެންބަރުންނަށް ކަނޑައެޅިފައިވާ މުސާރައާއި އެހެނިހެން އިނާޔަތްތައް ދޭން ފެށޭނެއެވެ. މީގެ އިތުރުން، ބޯޑު މެންބަރުކަމަށް ޢައްޔަނުކުރެވޭ ހުރިހާ ފަރާތްތަކުން މި ޝަރުތު ޤަބޫލުކުރަންވާނެއެވެ. އަދި މިކަމާމެދު އެއްވެސް އިއުތިރާޒެއް ނެތްކަން ކަށަވަރުކުރަންވާނެއެވެ.
ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް:
|
މެނޭޖިންގ ޑިރެކްޓަރު |
ޑިރެކްޓަރު |
ޝަރުތުތައް |
މި އުޞޫލުގެ ދަށުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި ޢައްޔަނުކުރާ ފަރާތުގެ ތިރީގައިމިވާ ޝަރުޠުތައް ހަމަވާންވާނެއެވެ. (ހ) މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. (ނ) އެހެނިހެން ޝަރުޠުތައް:
(ރ) މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީ ރޮނގުތައް؛
|
މި އުޞޫލުގެ ދަށުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ޢައްޔަނުކުރާ ފަރާތްތަކުގެ ތިރީގައިމިވާ ޝަރުޠުތައް ހަމަވާންވާނެއެވެ. (ހ) މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުން.
(ނ) އެހެނިހެން ޝަރުޠުތައް:
(ރ) މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީ ރޮނގުތައް؛
|
ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޝަރުތުތައް ކަމަށް ކަނޑައަޅާފައިވާ އެއްވެސް ޝަރުތެއް، ޢައްޔަންކުރެވޭ ފަހުންވެސް އުނިވެއްޖެނަމަ، އެމީހަކު ޑިރެކްޓަރުންގެ ބޯޑުން ވަކިކުރެވޭނެއެވެ.
ހުށައަޅަންޖެހޭ ލިޔުންތައް:
- ލެޓާ އޮފް އިންޓަރެސްޓް
- ސީވީ
- ތައުލީމީ އަދި ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމުގެ ކޮޕީ)
- ދިވެހިރައްޔިތެއްކަން އަނގައިދޭ ކާޑްގެ ކޮޕީ
- ކުށާއި ދަރަނީގެ ރެކޯޑް (އުމުރަށް)
- "ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފާރާތެއްނަމަ، ސެޓްފިކެޓްގެ ކޮޕީ (އަސްލާ އެއްގޮތް ކަމުގެ ކޮޕީ)
މިކައުންސިލްގެ ނަމުގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދަން ބޭނުންވާތީވެ، މަތީގައި ބަޔާންކުރެވުނު ޝަރުތުތައް ހަމަވާ ފަރާތް ތަކުން ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާނަމަ އެކަމަށް އެދި 2 އޮކްޓޫބަރ 2025 ގެ 13:00 ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް މެދުވެރިކޮށް މަތީގައި ދެންނެވުނު ލިޔުންތައް ފޮނުވުން އެދެމެވެ.
ބޯޑުގެ ޑިރެކްޓަރކަމަށް ކުރިމަތިލައްވާ ފަރާތްތައް، ގދ. ހޯނޑެއްދޫ ކައުންސިލުން އެކުލަވާލާ ކޮމިޓީއިން އިވެލުއޭޓްކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއި އިންޓަވިއުކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްކުރެވި އިންޓަވިއުކުރެވުނު ފަރާތްތަކުގެ ނަންތައް ގދ. ހޯނޑެއްދޫ ކައުންސިލްގެ ބައްދަލުވުމަށް ހުށަހަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ ޑިރެކްޓަރުކަމަށް އައްޔަނު ކުރެވޭ ފަރާތްތައް ކަނޑައެޅޭނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.