ދިވެހިރާއްޖެ
އިޢުލާން
"މިލައުތުރު ފުޓްސަލް ފިއެސްޓާރ 2025" ކުރިއަށްދާ ވަގުތު ކެންޓީން ހިންގުމުގެ ފުރުޞަތު ހުޅުވާލުން |
" މިލައުތުރު ފުޓްސަލް ފިއެސްޓާރ 2025" ކަނޑިތީމުގައި އޮކްޓޫބަރ 11 ން 25 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިމުބާރާތް ފުރިހަމަކޮށް ކުރިއަށްގެންދިއުމަށްޓަކައި، މިމުބާރާތް ކުރިއަށްދާ ވަގުތުގައި ކެންޓީންގެ ޚިދުމަތް ދިނުމަށް ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 22 ސެޕްޓެމްބަރ 2025 (ހޯމަ) ދުވަހުގެ 12:00 އިން ފެށިގެން 28 ސެޕްޓެމްބަރ 2025 (އާދިއްތަ) ދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ލިންކް: https://forms.cloud.microsoft/r/v9NJZu5aHY
މަޢުލޫމާތު ދިނުން:
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަގު ހުށައަޅާ ފޯމް މި އިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ. މަޢުލޫމާތު ދިނުމުގެ އެންމެ ފަހު ތާރީޚަކީ 28 ސެޕްޓެމްބަރ 2025 (އާދިއްތަ) ދުވަހުގެ މެންދުރު 14:00 އެވެ. މައުލޫމާތެއް ހޯދަން ބޭނުންވާފަރާތްތަކަކުން ރަސްމީގަޑީގައި މިއިދާރާގެ ފޯން ނަމްބަރ: 6540041 ގުޅުއްވާ ނުވަތަ މިއިދާރާގެ އީމެއިލް ނަމްބަރ [email protected] ހިއްސާކުރެވުމަށް ދެންނެވީމެވެ.
ބީލަން ހުށަހެޅުން:
ބީލަން ހުޅުވުން އޮންނާނީ 29 ސެޕްޓެމްބަރ 2025 (ހޯމަ) ދުވަހުގެ މެންދުރު 13:15ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ . ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް، އަދި ލިޔުންތަކާއި ، މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.