ވަޒީފާގެ ފުރުޞަތު
ނަންބަރު: KGH2015/17
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 28 އޮކްޓޫބަރު 2015 00:00
ގުރައިދޫ ޞިއްޙީ މަރުކަޒު، ކ. ގުރައިދޫ
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓް އޮފިސަރ

ޢިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މި މަރުކަޒުން 29 ސެޕްޓެންބަރު 2015 ގައި ކޮށްފައިވާ KGH2015/15 ނަންބަރުގެ އިޢުލާނުގައި ޝަރުޠުގެ ބައި ލިޔެވިފައިވަނީ ނުބައިކޮށްކަމަށްވާތީ، އެ އިޢުލާން ބާތިލްކޮށް، އަލުން އިޢުލާން ކުރީމެވެ.

އެސިސްޓެންޓް  އެކައުންޓް އޮފިސަރ

މަޤާމް

1 (އެކެއް)

ބޭނުންވާ އަދަދު

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޖީ. އެސް. 3

މަޤާމުގެ ރޭންކް:

މަހަކު -/4،465 ރުފިޔާ 

މުސާރަ

މަހަކު -/1،500 ރުފިޔާ

ސަރވިސް އެލަވެންސް

އިދާރީ

ޑިވިޜަން/ ސެކްޝަން

ކ. ގުރައިދޫ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

1. ޕެޓީކޭޝް ފައިސާ ބެލެހެއްޓުން (ޕެޓީކޭހުން ޚަރަދުވާ މިންވަރާއި، ބާކީ ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން)

2. މަރުކަޒުގެ ތިޖޫރި ބެލެހެއްޓުމާއި، ކޮންމެ ހަފުތާއަކު ތިޖޫރީބާކީ ރިޕޯޓް ތައްޔާރުކުރުން.

3. މަރުކަޒުގެ އެކައުންޓްތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ޕޭމަންޓް ވައުޗަރ ހެދުން.

4. މަރުކަޒުގެ އާމްދަނީ ފައިސާ ބެލެހެއްޓުމައި ދުވަހުން ދުވަހުން ފޮތްތަކުގައި ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފައިސާ ފޮނުވުމާއި، ރިޕޯޓްތައް ތައްޔާރުކޮށް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.

5. މަރުކަޒުގެ ބަޖެޓް، ކޮންމެ އަހަރަކު، ކުރިއަށްއޮތް އަހަރަށް މިނިސްޓްރީ އޮފް ފިނޭންސުން ތައްޔާކުރާ ފޯމެޓާ އެއްގޮތަށް ތައްޔާރުކޮށް ބަޖެޓް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުން.

މަރުކަޒުގެ މުވައްޒަފުންގެ މުސާރައާއި، އުޖޫރައާއި، އިތުރުގަޑީގެ ފައިސާ، މިނިސްޓްރީ އޮފް ހެލްތުން ކަޑައަޅާ ދުވަހަކަށް ޝީޓްތައް ތައްޔާރުކޮށްފައި ފޮނުވުން.

6. މަރުކަޒުގެ ފައިސާއާ ގުޅުންހުރި އެންމެހައި ލިޔެ ކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

7. މީގެ އިތުރުން، އެހެން މުވައްޒަފުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް. އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ. ސީ. ސީ. އޭ، ހެލްތު ފައިނޭންސް. އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓީސްޓިކްސް. އެކައުންޓިންގ ޓެކްނީޝަން (ޓީއޭސީ) ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގުރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ތަޢުލީމާއި ތަޖުރިބާ

1. ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

ޢިނާޔަތްތައް:

1. ސިވިލް ސަރވިސަސްގެ ވަޒީފާއަށް އެދޭ ފޯމް  (ވަޒީފާއަށް އެދޭ ފޯމް، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 

2. ސިވިލް ސަރވިސަސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގެ އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6 ވަޒީފައަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ހުށަހަޅަންޖެހޭ ލިޔުންތައް

28 އޮކްޓޫބަރު 2015

ސުންގަޑި

މުއްދަތު ހަމަވިތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި މި މަރުކަޒުގައި އޮންނާނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް  ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

މަޢުލޫމާތު ހޯދުމަށް  ގުޅާނެ ފޯނު ނަންބަރަކީ 6640405 އެވެ.

އިތުރު މަޢުލޫމާތު

2 މުޙައްރަމް 1437

15 އޮކްޓޫބަރު 2015