މަސައްކަތް
ނަންބަރު: (IUL)373/PRIV/2015/1019
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 01 ނޮވެންބަރު 2015 13:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެކުލާސްރޫމާއި އިދާރީބައި ހިމެނޭ އާޢިމާރާތް ހިޔާކުރުމުގެ މަސައްކަތް ކޮށްދެވިދާނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ހޯދުން

            ފ. ދަރަނބޫދޫ ޕްރީސްކޫލްގެ ދެކުލާސްރޫމާއި އިދާރީބައި ހިމެނޭ އާޢިމާރާތް ހިޔާކުރުމުގެ މަސައްކަތް، މިއިދާރާއިން ދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ، ހިޔާކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައި 2015 ނޮވެންބަރު 05 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

            މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2015 ނޮވެންބަރު 01 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ކޮމްޕެނީ، ކްލަބް، ޖަމްޢިއްޔާ، ކޮމެޓީތަކުގެ ނަމުގައި އަންދާސީހިސާބު ހުށަހަޅާނަމަ، މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރާއި، އަންދާސީހިސާބު ހުށަހަޅާއިރު އެފަރާތުގެ ރަސްމީ ސިޓީއެއް ގެންނަންޖެހޭނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅާ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާގެ 6740015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޛުލްޙިއްޖާ 1436

13 އޮކްޓޫބަރު 2015