ދިވެހިރާއްޖެ
ސްޓޭޝަނަރީ ވައުޗަރ ޕްރިންޓް ކުރުމަށް ބޭނުންވެއްޖެ
2016 ވަނަ އަހަރަށް ސްކޫލް ކުދިންނަށް ބޭނުންވާ ސްޓޭޝަނަރީ ވައުޗަރ ޕްރިންޓް ކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
| މަޢުލޫމާތު ސާފުކުރުމަށް | އަންދާސީހިސާބު ހުށަހެޅުމަށް | 
| 25 އޮކްޓޫބަރު 2015 (އާދީއްތަ) ދުވަހުގެ 13:00 އަށް | 29 އޮކްޓޫބަރު 2015 (ބުރާސްފަތި) ދުވަހުގެ 13:00 އަށް | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.
02 މުޙައްރަމް 1437