ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)325-MS/325/2025/77
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 22 ސެޕްޓެންބަރު 2025 00:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫއިން އެއްގަމު ލައިސަންސް ދޫކުރުން

ބ ގޮއިދޫއިން އެއްގަމު ލައިސަންސް ދޫކުރުން

           މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަލިބިގެން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް، މިކައުންސިލް އިދާރާއިން 28 ސެޕްޓެމްބަރ 2025 އިން ފެށިގެން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ލައިސަންސަށް އެދި ހުށަހަޅާނީ ސިމްސް ޕޯރޓަލް މެދުވެރިކޮށެވެ. ލައިސަންސްގެ ތިއަރީ ޓެސްޓް ހެދުން އޮންނާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ބުދަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން 11:00 އަށެވެ. އަދި ދުއްވުމުގެ ޓެސްޓް އޮންނާނީ  ހަމައެދުވަސްތަކުގެ މެންދުރު ފަހު 13:00 އިން 14:00 އަށެވެ. ތިއަރީ ޓެސްޓް އަދި ދުއްވުމުގައި ބައިވެރިވެވޭނީ ގިނަވެގެން ދުވާލަކު 10 މީހުންނަށެވެ.  

          އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގައި އަމަލު ކުރެވޭނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީންގެ އުޞޫލާއި އެއްގޮތައްކަމުގައި ދެންނެވީމެވެ.  

           މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

22 ސެޕްޓެންބަރު 2025