ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD-IU-2025-0475
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 17:51
ސުންގަޑި: 24 ސެޕްޓެންބަރު 2025 23:59
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

  ނަންބަރ: 0475/MTCC-HRD/IU/2025

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

 

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ މުވައްޒަފުން ބޭނުންވެއެވެ.

ސީނިއަރ އެކައުންޓްސް އޮފިސަރ

ވަޒިފާ އަދާކުރަންޖެހޭ ތަން:

ޓްރޭޑިންގ ޑިވިޜަން - ހ. ސޯމިލް

އަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 13،300 ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވާނަމަ 2500ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވާނަމަ 1500ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑިއިރު

ޝަރުޠު

  • އެކައުންޓިންގ ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު މަގާމާއި  ގުޅުންހުރި ދާއިރާއަކުން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • އެކައުންޓިންގ ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅުންހުރި ދާއިރާއަކުން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • އޭލެވެލް / އެޑްވާންސް ސެޓްފިކެޓް ހާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅުންހުރި ދާއިރާއަކުން  05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2025 ސެޕްޓެމްބަރ 24 ވަނަ ދުވަހުގެ  23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން  2025 ސެޕްޓެމްބަރ 25 އިން 2025ސެޕްޓެމްބަރ 30 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
21 ސެޕްޓެންބަރު 2025