ވަޒީފާގެ ފުރުޞަތު
ނަންބަރު: GS 139/2015/15
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 20 އޮކްޓޫބަރު 2015 12:00
ބ. ގޮއިދޫ ސްކޫލް، ބ. ގޮއިދޫ
ދިވެހިރާއްޖެ
ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެނަން:                ލައިބްރޭރިއަން

ރޭންކް:                    ޖީ އެސް 4

ކްލެސިފިކޭޝަން:              އޮފިސަރ ގްރޭޑް 2

ބޭނުންވާއަދަދު:               1       

ސެކްޝަން / ޔުނިޓް:           އިދާރީ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:   ބ. ގޮއިދޫސްކޫލް

މަޤާމުގެގިންތި:               ދާއިމީ

މުސާރަ:                   5020.00 ރުފިޔާ

ސަރވިސްއެލަވަންސް:          1500.00 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:  

1. ލައިބްރަރީއާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ކިޔަވައިދިނުމުގެ  ދާއިރާއިން  2  އަހަރު  ދުވަހުގެ  މަސައްކަތު  ތަޖުރިބާ  ލިބިފައިވުން.  ނުވަތަ؛

2. މަތީސާނަވީ ޢިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛            .                                           

3. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ލައިބްރަރީން ދަރިވަރުންނާއި ޓީޗަރުންނަށް ފޮތް ދޫކުރުން.

2. ލައިބްރަރީގައި ފޮތްތައް އަތުރަންޖެހޭގޮތަށް އަތުރައި، ތަރުތީބުކޮށް ބެލެހެއްޓުން.

3. ހަލާކުވާ ފޮތްތައް ހެއްދުން.

4. ލައިބްރަރީގެ އިންވެންޓްރީ ފުރިހަމަކޮށް ބެލެހެއްޓުން.

5. ލައިބްރަރީއަށް ހޯދާ ފޮތްތަކާއި ލިބޭ ފޮތްތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވައިގެން ފާސްކުރުން.

6. އަލަށް ލިބޭ ފޮތްތައް ދަރިވަރުންނަށް ތަޢާރަފްކޮށްދިނުން.

7. ފޮތްކިއުމަށް ދަރިވަރުން ޝައުޤުވެރިކުރުވުމަށްޓަކައި، މަދުވެގެން ޓާމަކު 1 ޕްރޮގްރާމް ހިންގުން.

8. ލައިބްރަރީއަކީ ދަރިވަރުން ޝައުޤުވެރިވާ ފަދަ ތަނެއްގެގޮތުގައި ބެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

1. ވަޒީފާގެ ޝަރުޠު - ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން. (ވަޒީފާގެ ޝަރުޠު ފުރިހަމަނުވާނަމަ ޑިސްކޮލިފައިވާނެ)

2. ތަޢުލީމާއި ތަމްރީނު- ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް.

3. ތަޖުރިބާ – ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި އެހެނިހެން ތަޖުރިބާ.

4. ލިބިފައިވާ ހުނަރު – އިންޓަވިޔު / ޕްރެކްޓިކަލްސް.

އިންޓަވިޔުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިޔުއާއި ޕްރެކްޓިކަލް އޮންނާނީ، 2015 އޯކްޓޫބަރު 20 ވާ އަންގާރަ  ދުވަހު ބ. ގޮއިދޫ ސްކޫލުގައެވެ. ގަޑި 1 ދުވަސް ކުރިން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި  ވަޒީފާއަށް  އެދޭ  ފަރާތްތަކުން،  ވަޒީފާއަށް  އެދޭ  ފޯމް  ފުރިހަމަކުރުމަށްފަހު،  ފޯމާއެކު  ހުށަހަޅަންޖެހޭ  ލިޔުންތައް،  2015  އޮކްޓޫބަރު  20  ވާ  އަންގާރަ  ދުވަހުގެ  12:00  ގެ  ކުރިން  މި  އިދާރާއަށް  ހުށަހެޅުން  އެދެމެވެ.   

އުޖޫރައާއި ޢިނާޔަތްތައް: 

ކަނޑައެޅިފައިވާ އުޞޫލްތަކާ އެއްގޮތްވާގޮތުގެމަތިން ތިރީގައި މިދަންނަވާ ޢިނާޔަތްތައް ލިބޭނެ.

  1. އިތުރުގަޑި / ބަންދު ދުވަސްތަކުގެ ފައިސާ.
  2. ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ.

ހުށަހަޅަން ޖެހޭ ލިޔުންތައް: 

  1. ސިވިލް ސަރވިސްއަށް / ސަރުކާރުން ޚިދުމަށްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒިފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއަކާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600014 ނަންބަރު ފޯނާއެވެ. 

23 ޛުލްޙިއްޖާ 1436

07 އޮކްޓޫބަރު 2015