ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)165/1/2015/05
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:09
ސުންގަޑި:
17 އޮކްޓޫބަރު 2015 00:00
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯބައިލް ފޯނުގެ ޚިދުމަތުގެ ފެންވަރާއި ކަވަރޭޖް ރަނގަޅު ކުރުމާބެހޭ
އިޢުލާން
ރާއްޖޭގައި ދެމުންގެންދާ މޯބައިލް ފޯނުގެ ޚިދުމަތުގެ ފެންވަރާއި ކަވަރޭޖް ރަނގަޅު ކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް އޮޕަރޭޓަރުން ގެންދަނީ ކުރަމުންނެވެ. އެހެންކަމާއެކު، މިހާރު މޯބައިލް ފޯނުގެ ޚިދުމަތުގެ ފެންވަރު ދެނެގަތުމަށްޓަކައި ޚިދުމަތް ބޭނުންކުރާ ފަރާތްތައް މެދުވެރިކޮށް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މި އޮތޯރިޓީގެ ފަރާތުން 18 އޮކްޓޫބަރު 2015 އިން 17 ނޮވެންބަރު 2015 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
މި އޮތޯރިޓީގެ ފަރާތުން މީގެކުރިން ކުރެވުނު މިފަދަ މަސައްކަތްތަކަށް ކަސްޓަމަރުންގެ ފަރާތުން ދެއްވި އެއްބާރު ލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.
29 ޛުލްޙިއްޖާ 1436
13 އޮކްޓޫބަރު 2015