ދިވެހިރާއްޖެ
މި މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ "ލައިވްލިހުޑް އެންހޭންސްމެންޓް އޮފް ސްމޯލް ސްކޭލް ފާރމާސް އިން ސާރކް ރީޖަން ތްރޫ ސްމޯލް ސްކޭލް އެގްރޯބިޒްނަސް ފޯކަސިން އޮން ވެލިޔު ޗެއިން ޑެވެލޮޕްމެންޓް" ޕްރޮޖެކްޓުގެ ޕްރޮސެސިންގ ފެސިލިޓީއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް ށ. ގޮއިދޫ ކައުންސިލް އިދާރާއަށް ޑެލިވަރ ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)492-PS/492/2025/134 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
އެހެންކަމުން، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 01 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (މ. ސްޓަރ ކްލައުޑްސްގެ 7 ވަނަ ފަންގިފިލާ، މަޖީދީމަގު) ވަޑައިގެންދެއްވުން އެދެމެވެ .
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339282 އަދި 3339279 ނަންބަރު ފޯނަށެވެ.