ދިވެހިރާއްޖެ
ކޯޓްރޫމް މަރާމާތުކުރުމުގެ މަސައްކަތާއި ގުޅޭ؛
މިކޯޓުގެ ކޯޓުރޫމް ސްޓޭޖްގައި ކާޕެޓް ޖެހުމާއި، ބެކް ޕެނަލް ހަރުކުރުމާއި، ބޯޑަރުހަރުކުން، އަދި ކޭސިންގް އެޅުމާއި ކުލަލުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް އިންނަމާދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ ނުވަތަ ގުޅުއްވައިގެން މަޢުލޫމާތު ސާފުކޮށް ރަޖިސްޓްރީކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް/ ދުވަސް |
ސުންގަޑި |
|
މަޢުލޫމާތު ސާފުކުރުމާއި ރަޖިސްޓްރީކުރުން |
28 ސެޕްޓެންބަރު 2025 (އާދިއްތަ ) |
14:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
30 ސެޕްޓެންބަރު 2025 (އަންގާރަ) |
13:00 |
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މިކޯޓުގައި އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި ރަޖިސްޓްރީ ކުރައްވާފައިވާ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިމަސައްކަތަށް އޮންލައިންކޮށް އަންދާސީ ހިސާބު ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ. އޮންލައިންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުން މެއިލް ކުރައްވާނީ [email protected] އަށް ކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7369195 މޯބައިލް ނަމްބަރަށް ކަމުގައި ދަންނަވަމެވެ.
މި އިޢުލާނާއެކު ގެޒެޓުގައި މަސައްކަތުގެ މަޢުލޫމާތު ޝީޓު ޝާޢިއުކުރެވިފައިވާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.