ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257-ESM/257/2025/82
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 07 ނޮވެންބަރު 2025 15:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އިން ބާއްވާ ޕޯސްޓަރު މުބާރާތާއި ބެހޭ

2025 އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހަކީ ބައިނަލް އަޤްވާމީ ކާބޯތަކެތީގެ ދުވަސް ކަމުގައިވާތީ، ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން ( އެފް.އޭ.އޯ ) އިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެވޭ ގޮތަށް ޕޯސްޓަރ މުބާރާތެއް އިޢުލާން ކޮށްފައެވެ. މިއަހަރުގެ މުބާރާތުގެ ތީމަކީ “how better create a better future-and how together we can build a peaceful,sustainable,prosperous, and food-secure world where everyone has access to a healthy diet”

                މި މުބާރާތުގައި ބައިވެރިވެވޭނީ 5 އަހަރާއި 19 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ ފަރާތްތަކަށެވެ. އަދި މުބާރާތުގައި ހުށަހަޅާ ޕޯސްޓަރުތަކުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ކަމުގައި އެފް.އޭ.އޯ އިން ބަޔާން ކޮށްފައިވާ ޝަރުޠުތައް ތިރީގައި އެވަނީއެވެ.

  •  ކޮންމެ ބައިވެރިއަކަށްވެސް ހުށައެޅޭނީ 01 ޕޯސްޓަރެވެ.
  • ޕޯސްޓަރުގެ ގޮތުގައި ހުށަހެޅޭ ތަކެތި ކުރަހާފައި ، ކުލަޖައްސާފައި ނުވަތަ ކުރެހުމެއްގެ ގޮތުގައި ހުންނަންވާނީ ގަލަން، ފަންސޫރު، ކުރެޔޯން، ޗާރކޯލް، ތެޔޮކުލަ، އެކްރިލިކް ނުވަތަ ފެންކުލަ ބޭނުން ކޮށްގެންނެވެ. އަދި މިކްސްޑް މީޑިއާވެސް ބޭނުން ކުރެވިދާނެއެވެ. ޑިޖިޓަލްކޮށް އުފައްދާފައިވާ އާޓްވޯކްވެސް ހުށަހެޅިދާނެއެވެ. ފޮޓޯ ބޭނުމެއް ނުކުރެވޭނެއެވެ.
  • އާޓިފިޝަލް އިންޓެލިޖެންސް ( އޭއައި ) ޓޫލްއަކުން އުފައްދާފައިވާ އެއްވެސް ޕޯސްޓަރެއް މި މުބާރާތުގައި ހުށަހެޅުން މަނައެވެ.
  • ޕޯސްޓަރުގައި ލިޔުން ހިމެނިދާނެއެވެ. ލިޔުން ހިމެނޭނީ 25 ބަހަށްވުރެ ގިނަނުވާގޮތަށް ނުވަތަ 100 އަކުރަށްވުރެ ގިނަ ނުވާގޮތަށެވެ.    ނަން، ސްކޫލްގެ ނަން ނުވަތަ އުމުރު ފަދަ އަމިއްލަ މަޢުލޫމާތު ހިމަނައިގެން ނުވާނެއެވެ.
  •  ހުރިހާ ހުށައެޅުމެއްވެސް ވާނަޖެހޭނީ އަމިއްލަ އުފެއްދުމަށެވެ.
  •  ހުރިހާ ބައިވެރިންވެސް ބާރު އަޅަނީ ވާރލްޑް ފުޑް ޑޭ ގެ ތީމާ ބެހޭގޮތުން ވާރލްޑް ފުޑް ޑޭ އެކްޓިވިޓީ ފޮތުން ކިޔުމަށެވެ.

https://www.fao.org/world-food-day/youth/en

  •  ޑިޖިޓަލް ޕޯސްޓަރެއް ހުށައަޅުއްވާނަމަ، އެ ޕޯށްޓަރ ހުންނަންވާނީ (JPEG) ފޯމެޓަށް ސޭވްކޮށްފައެވެ.
  • ·      ހުރިހާ ޕޯސްޓަރ އެއްވެސް ހުށައަޅަންވާނީ ފޯރުކޮށްދީފައިވާ އޮންލައިން ފޯމް މެދުވެރިކޮށެވެ.

https://www.fao.org/world-food-day/contest/en

  • ·      ޕޯސްޓަރު ހުށައެޅުމުގެ ސުންގަޑި ހަމަވާނީ 07 ނޮވެންބަރު 2025 ގެ 15:00 ގައެވެ.

               

 

 

                ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

21 ސެޕްޓެންބަރު 2025