ބީލަން
ނަންބަރު: (IUL)272/272/2025/147
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 29 ސެޕްޓެންބަރު 2025 13:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް ކޮމްޕެކްޓް މެޝިން (Waste Compact Machine) އަދި ގްލާސް ކްރަޝަރ (Glass Crusher) އެށް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމާގުޅޭ

ވޭސްޓް ކޮމްޕެކްޓް މެޝިން (Waste Compact Machine) އަދި ގްލާސް ކްރަޝަރ (Glass Crusher) އެށް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމާގުޅޭ

މިކައުންސިލުން ފޯރުކޮށްދެމުންދާ ކުނިމެނޭޖުކުރުމުގެ ޙިދުމަތުގައި ބޭނުންކުރުމަށް ވޭސްޓްކޮމްޕެކްޓް މެޝިނަކާއި (Waste Compact Machine)، ގްލާސް ކްރަޝަރ (Glass Crusher) އެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ދުވަހު މިއިދާރާއަށް ވަޑައިގެން ބީލަން/އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. " ބީލަންހުށަހަޅާފޯމް" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އަގު ހުށަހަޅާ ފޯމާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުޞޫލުތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ ޤާނޫނު ނަމްބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަމުގައި ބައިވެރިވުމަށް 350.00 (ތިންސަތޭކަ ފަންސާސް) ރުފިޔާގެ ނަން-ރިފަންޑެބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަން ޖެހޭނެއެވެ. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 11:00 ން ފެށިގެން 25 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ދެމެދު ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/oc4wQTRURFpCLjRU8

 

މަޢުލޫމާތު ސާފުކުރުން

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ. ބީލަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭއްވޭ ޕްރީ-ބިޑް ސެޝަނެއް 28 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގައި އޮންނާނެއެވެ. ބީލަމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 28 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540042 ނުވަތަ 9163162 ނަމްބަރާއެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 29 ސެޕްޓެމްބަރ 2025  ވާ ހޯމަ ދުވަހުގެ 13:00 ގައި ނޫމަރާ ކައުންސިލުގެ މީޓިންގް ރޫމުގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބީލަމާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

21 ސެޕްޓެންބަރު 2025