ދިވެހިރާއްޖެ
މިއަހަރުގެ ޒުވާނުންގެ އިނާމުގެ ގޮތުގައި ތަފާތު 14 ދާއިރާއަކުން އިނާމު ދިނުމަށް ކަނޑައަޅާފައިވާކަމަށް މިނިސްޓްރީ އޮފް ޔޫތުއެމްޕަވަރމަންޓް ، އިންފޮމޭޝަން އެންޑް އާޓްސް އިން ދަންނަވާފައިވެއެވެ. ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދޭ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުންނާއި ، ގޫގަލް ލިންކް https://shorturl.at/cuIXw އަދި ސޯސަލް ސެންޓަރ ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ.
ވީމާ، މި އިނާމަށް ނަން ހުށަހެޅުއްވުމަށް ޝަރުތުހަމަވާ ފަރާތްތަކުން 29 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:00 ކުރިން ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކޮށް އެ މިނިސްޓްރީ ގެ [email protected] މެއިލް އަށް ނުވަތަ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރު 14:00 އަށް ސޯސަލް ސެންޓަރ ރިސެޕްޝަނަށް އެޕްލިކޭޝަން ތައް ހުށަހެޅުއްވުން އެދެމެވެ. އަދި މަތީގައި ދެންނެވިފައިވާ ގޮތަށް މެއިލް އިން ފޯމް ހުށަހެޅެން ނެތް ފަރާތްތަކަށް މި ކައުންސިލްގެ އެހީތެރިކަމާއި އެކު ފޯމް ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެ ލައްވާނަމަ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު 14:00 އަށް އެ މިނިސްޓްރީގެ ނަންބަރ 4000428 ، 4000429 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.