ދިވެހިރާއްޖެ
ޕްރިންޓް ކުރުމަށް ބޭނުންވެއްޖެ
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭގެ ސުވާލުކަރުދާސް ޕްރިންޓް ކުރުމަށް ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު IUL)457-AIT/1/2015/19) މަޢުލޫމާތު ދިނުމުގައި އޮޅުންތަކެއް އަރާފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ބިއުރޯއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 11:00 އަށް މިބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. މި ބިއުރޯ ހިނގަމުންދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިނގަމުންދާ އިމާރާތުގައިކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު 3349397 ފޯނާ ގުޅުއްވުން އެދެމެވެ.
2 މުޙައްރަމް 1437